ރާއްޖެއިން ބޭރުގައި އެންމެ ގިނައަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގައި ނަހޫގެ ފިލްމު ”ސޮރީ“ އަޅުވަން ނިންމައިފިއެވެ. ލަންކާގައި މި ފިލްމް އަޅުވަން ނަހޫ ނިންމީ ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޤައުމަކަށް ވެފައި ލަންކާގައި ދިރިއުޅޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. އަދި އަބަދުވެސް ނަހޫގެ ފިލްމުތައް ލަންކާގައި ސްކްރީން ކުރާއިރު ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭތީއެވެ.

ލަންކާގައި ”ސޮރީ“ ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 11، 12 ދެ ދުވަހުގެ ރޭ ލަންކާގަޑިން 9:30 ގައެވެ. ”ސޮރީ“ ގެ 2 ޝޯވ އަޅުވަން ހަމަޖެހިފައިވާ އިރު، މިހާރު ވަނީ މި ދެ ޝޯވ ވެސް ފުލްވެފައެވެ.

”ސޮރީ“ ފިލްމު އަޅުވާނީ މައުންޓް ލެވީނިޔާގައި ހުންނަ ސިޓީ ލައިޓް ސިނަމާގައެވެ. ލަންކާގައި މި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޑައިރެކްޓަރ ފާތިމަތު ނަހުލާ އަދި ފިލްމުގެ ބަތަލާ އައްޒަ ބައިވެރިވާނެއެވެ.

ދިވެހި ފިލްމު ”ސޮރީ“ އޮލިމްޕަހުގައި މި ދިޔަ މަހު17ގައި ޕްރިމިއާކުރީންސުރެން ފެށިގެން މިއަދާ ހަމައަށްވެސް އޮލިމްޕަހުގައި މި ފިލްމު ދައްކަމުން އަންނަނީ ހައުސްފުލް ޝޯތަކަކާއެކުގައެވެ. މީގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށުގައިވެސް މި ފިލްމުގެ ގިނަ ޝޯތަކެއް ފުލްވެ، ޝޯތައް އިތުރުކުރަން ރަށްރަށުން އެދެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

@muniavas SORRY – The Movie’s Latest Update #sorry #sorrythemovie @AxzxA @Fathimath Nahula @eupeofficial @Washiya Mohamed @laina ♬ Breaking News – Breaking News

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.