އަވަށްޓެރި ޝްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުން އަންނަ ”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“އަށް ގޯލްޑެން ޓައިމްސް މެގަޒިންގެ ފަރާތުން ބިޒްނަސް އެވޯޑެއް އަރުވައިފިއެވެ. މި އެވޯޑް ދީފައިވަނީ މި ޖުލައިމަހުގެ 10ވަނަ ދުވަހުގެ ރޭ ލަންކާގެ ވޯޓަރސް އެޖްގައި ބޭއްވި ”ބްރައިޑަލް ކޮމްޕެޓިޝަން 2025“ ގައެވެ.
މިއެވޯޑަކީ ކޮމިއުނިޓީ މަސައްކަތްތައް ކުރާ ބަޔަކަށް ހިތްވަރުދީ، މީހުންގެ ތެރޭގައި އަގުވަޒަންކޮށް ދެނެގަތުމަށް ދީފައިވާ އެވޯޑެކެވެ. މި އެވޯޑުގެ ސަބަބުން ބިޒްނަސް އެކި ޕްލެޓްފޯމުތަކުގައި ވަން މޯލްޑިވްސް،ގެ ދައުރު ފުޅާވެގެންދާނެއެވެ. އަދި އޭޝިއާގެ ޤައުމުތަކުގެ ބިޒްނަސް ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލު ކުރާނެ އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ ޗެއަރމަން އިބްރާހިމް ނިފާރު، އަދި ސީ.އީ.އޯ އަލީ ޒިޔާދުއެވެ. މީގެ އިތުރުން، ބްރައިޑަލް ކޮމްޕެޓިޝަންގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އެވޯޑު ހަވާލު ކުރުމަށް، ވަންގެ ޗެއަރމަން އަށް ފުރުސަތު ލިބިފައިވެއެވެ. ”ވަން“ އަށް ލިބުނު މިއެވޯޑާއި ގުޅިގެން އެވޯޑް ހަފްލާގައި ބައިވެރިވި ޓީމުގެ މާކެޓިން މެނޭޖަރ ޚަދީޖާ މިހުނާ ވިދާޅުވީ ”މި އެވޯޑަކީ ”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެގްޒެކެޓިވް ޑިރެކްޓަރ އާތިފާ މުޙައްމަދު ވިދާޅުވީ މި ލިބުނު ކާމިޔާބަކީ ވަރަށް ފަޙުރުވެރިވާ ކަމެއްކަމަށެވެ. އަދި އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ވަންމޯލްޑިވްސް ތައާރަފްވާން މިލިބުނު މިފުރުސަތުގައި، ވަންމޯލްޑިވްސް އަށް މިހާ ހިސާބަށް އާދެވުމުގައި އެކި ގޮތްގޮތުން އެއްބާރުލުން ދީފައިވާ ފަރާތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ.

”ވަން“ގެ ޗެއަރމަން ވިދާޅުވީ މި އެވޯޑުގެ ސަބަބުން ”ވަން“ގެ ފަރާތުން ހިންގާ ހަރަކާތްތައް އިތުރު ބަޔަކަށް ތައާރަފް ވެގެންދާނެއެވެ. އަދި ދިވެހިންނަށް މީގެ ސަބަބުން އެކިއެކި ކަންކަމުގައި ފުރުސަތުތައް ލިބިގެން ދާނެއެވެ. ”ވަން“ގެ ސީ.އީ.އޯ ވިދާޅުވީ މި އެވޯޑް ހަވާލުވުމަށް ބައިވެރިވި މި ހަފްލާގައި އޭޝިޔާގެ އެކިއެކި އެން.ޖީ.އޯ ތަކުގެ ވެރިންނާ ބަައްދަލު ކުރެވުނުކަމަށެވެ. އަދި މީ ވަރަށް އުފާކުރާކަމެއް ކަމެއް ކަމަށާ މިއީ ބަޔަކަށް ކަމެއް ކޮަށްދިނުމަށް ވިސްނައި މުޖުތަމައަށް އިތުރަށް ކަންކަން ކޮށްދިނުމަށް ވިސްނަން ލިބޭ ފުރުސަތެއް ކަމަށް ގަބޫލު ކުރާކަމަށެވެ.
އިންޑިޔާގެ ބިޒްނަސް 2 ކޮމްޕެނީ އާއި ލަންކާގެ 3 ކޮމްޕެނީއަށް ވަން މޯލްޑިވްސް ތައާރަފްވެވި އިތުރަށް އޮންނަ މަސައްކަތު ބައްދަލުވުން ތަކުގައި ”ވަން“ގެ މަސައްކަތްތައް ފުޅާވަމުން ދާނެއެވެ. ވަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބްދުއްސައްތާރު ވިދާޅުވީ ”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ މިހާ ކުރު މުއްދަތެއްގައި ހިންގާފައިވާ ހަރަކާތްތަކަށް ބަލައި، މިލިބުނު ކުރިއެރުމުގެ ސަބަބުން ވަންގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މި ލިބުނީ އިތުރު ހިތްވަރެކެވެ. އަދި މިއީ މުޅި ޓީމުގެ މަސައްކަތް ކަންވެސް ފާހަގަ ކުރިއެވެ.

ވަން މޯލްޑިވްސް އޮގަނައިޒޭޝަން އަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީ އަދި ލަންކާ ކޮމިއުނިޓީ ތަކަށް އިޖްތިމާޢީ މަސައްްކަތްތަކެއް ކޮަށްދިނުމަށް، ލަންކާގައި ރެޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. މި ގޮތުން މިހާތަނަށް ”ވަން“ އިން ހިންގާފައިވާ 3 އިވެންޓަކީވެސް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ އިވެންޓް ތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ





ކަލޯ އަންހެނުން ފޭލީގަ ފިރިހެންވެރިން ކޯޓްފަޓުލޫބުގަ…. ބޮއިހަލަކި