ސްރީލަންކާގެ ކޮލޮމްބޯއިން ޢާއިޝަތު ރިފްޒާ
”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ގެ ފަރާތުން އިސްނަގައިގެން ޝްރީލަންކާގެ ”އިސްލާމިކް ސެންޓަރ ފޯރ ފިޒިކަލީ ހޭންޑީކެޕް“ ސްކޫލަށް އެހީއެއް ދީފިއެވެ.
2025 ސެޕްޓެމްބަރު 06ވަނަ ދުވަހު ދީފައިވާ އެހީ އަކީ ”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ގެ ފަރާތުން ”އިސްލާމިކް ސެންޓަރ ފޯރ ފިޒިކަލީ ހޭންޑީކެޕް“ ސްކޫލަށް މިދިޔަ ޖުލައި މަހު 07 ވަނަ ދުވަހު ޒިޔާރަތްކޮށް އެމަރުކަޒުން އެދިފައިވާ ތަކެތި ފޯރުކޮށްދިނުމަށް ދީފައިވާ އެހީއެކެވެ.
މަރުކަޒަށް ޒިޔާރަތްކުރުމަށް ފަހު ވަން މޯލްޑިވްސް އޮގަނައިޒޭޝަންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް ޕްލެޓްފޯމް ތަކުގައި އެހީތެރިކަން ދޭން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލެވުނެވެ. ފުރުސަތު ހުޅުވާލެވުނީ އެ މަރުކަޒުން ބޭނުންވީ ތަކެތި ހޯދައިދިނުމަށެވެ. މިގޮތުން، އެ މަރުކަަޒުގައި ބޯހިޔާވަހިކަން ދެމުންދާ ކުދިންނަށް ބޭނުންވާނެ ތަކެތީގެ ލިސްޓް ކުރެވުނެވެ.
ވަން މޯލްޑިވްސް އޮގަނައިޒޭޝަންގެ ޓީމު މެދުވެރިކޮށް ގިނަ ދިވެހިން ވަނީ އެހީ ދީފައެވެ. ލަންކާގައި ދިިރިއުޅޭ ދިވެހިންގެ އިތުރުން ރާއްޖޭއިން ވެސް އިތުރު އެހީ ލިބިފައި ވެއެވެ. މިގޮތުން ކުދިންނަށް ބޭނުންވާނެ ރީތިވާ ސާމާނާއި ކެއުމަށް ބޭނުންވާ ކާޑުގެ ބާވަތުގެ އިތުރުން ހޮސްޓެލްއަށް ބޭނުންވާ ސީލިންގް ފަންކާ އެހީގެ ގޮތުގައި ދިވެހިންގެ ނަމުގައި ވަނީ ރަށްދު ކުރެވިފައެވެ.
އެހީ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ”އިސްލާމިކް ސެންޓަރ ފޯރ ފިޒިކަލީ ހޭންޑީކެޕް“ގެ ދަރިވަރުންގެ ފަރާތުން އެކުދިންގެ ހުނަރު ދައްކައިލުމަށް ޚާއްސަ އައިޓަމެއް ވަން މޯލްޑިވްސް އޮގަނައިޒޭޝަންގެ ޓީމުގެ ޝަރަފުގައި ކުރިއަށް ގެންދިޔައެވެ.
”އިސްލާމިކް ސެންޓަރ ފޯރ ފިޒިކަލީ ހޭންޑީ ކެޕް“ ސްކޫލަކީ ލަންކާގެ ތިހާރީއަށް ނިސްބަތްވާ ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސްކޫލެކެވެ. މި ސްކޫލް ގައި 110 ކުދިން މިވަގުތު ކިޔަވަމުން ދާއިރު ކުދިން ބަލަހައްޓަން އިމާރާތެއް ސްކޫލް ތެރޭގައި ހުރެއެވެ. މި ސްކޫލް ހިންގާތާ 41 އަހަރު ވެއްޖެއެވެ. އެ ގޮތުން މި ސެންޓަރުގެ ބޯހިޔާވަހިކަން ހޯދާ 70 ކުދިން އުޅެއެވެ. މި ކުދިންނަކީ ”އޭ“ ލެވެލް އާ ހަމަައަށް ކިޔާވާނެ ކުދިންކަން އެ މަރުކަޒުން ހާމަ ކުރެއެވެ.
”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ އަކީ ލަންކާގައި އެކި ސަރަހައްދު ތަކުގައި ދިރިއުޅޭ ދިވެހިން އެކަތިގަނޑަކަށް ހަދައި އާއްމުންނަށް ޚިދުމަތްކުރުމަށް ލަންކާގައި ރެޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ލަންކާގައި ރެޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ކަމުން ލަންކާ ކޮމިއުނިޓީއަށް ވެސް ޚިދުމަތްކޮށްދޭން ގަވާއިދުގައި ވާތީ، މި އެހީ އަކީ ދިވެެހިންގެ ނަމުގައި ލަންކާ ކޮމިއުނިޓީއަށް ”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“އިން ކުރެވުނު ފުރަތަމަ ޚިދުމަތެވެ.
”ވަން މޯލްޑިވްސް އޮގަނައިޒޭޝަން“ގެ ވުޖޫދުވިތާ ކުރު މުއްދަތެއް ފާއިތުވެފައި ވިޔަސް، ވަންގެ ޓީމުން ވަނީ ދިވެހިންނަށް ޚާއްސަކޮށްގެން ވަރަށް ކާމިޔާބު އިވެންޓް ތަކެއް ބާއްވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




