ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024 މިމަހު 22 ވަނަ ދުވަހުގެ ރޭ

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް (އެމްއެސްޕީއޭ), އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފިލްމު އެވޯޑްސް، “އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024” މިމަހު 2ވާ ހުކުރު ދުވަހުގެރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްއެސްޕީއޭ އިން ބުނެފިއެވެ.

“އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024” ގައި 19 ފީޗާ ފިލްމު ބައިވެރިކޮށްފައިވެއެވެ. ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއެސްޕީއޭ އިންް އަލަށް މި ފަށާ ފިލްމު އެވޯޑްސްގައި ވާދަކުރަނީ 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އަރޓްސް (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް މަޝްހޫރު ފިލްމީ ތަރި, އަލްމަރްޙޫމް މޫސާ މަނިކު (ޗިޅިޔާ)އަށް އެރުވުމަށް ނިންމާފައިވާކަމަށްވެސް އެމްއެސްޕީއޭއިން ހާމަކުރެއެވެ.

އެމްއެސްޕީއޭގެ ޗެއަރޕާސަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވި ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް މޫސަ މަނިކަށް ޚާއްސަ ކުރަން ނިންމެވީ ފިލްމީ ދާއިރާއަށް ޗިޅިޔާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މި ހަފުލާ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ ހަފުލާ ބޭއްވުން ލަސްވީ ކަމަށް އެމްއެސްޕީއޭއިން ބުނެއެވެ.

މި އެވޯޑު ހަފުލާ ސަންޕްލޭ އެމްްވީ އެޕްލިކޭޝަނުންނާއި އެސްއެސްޓީވީން ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

@muniavasMSPA Film Award 22 August 2025

♬ original sound – MUNIAVAS

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top