ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ’ޓޫ އޮފް އަސް’ގެ ކަނެކްޓިވިޓީ ޕާޓްނަރަކަށް “ރޯމްދުނިޔެ” ހަމަޖައްސައިފިއެވެ. “ރޯމްދުނިޔެ”އިން ބުނީ އެ ބޭންޑާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިއީ ޓޫ އޮފް އަސް ބޭންޑުން ބަައިނަލްއަޤްވާމީ ދަތުރުތަކުގައި އެމީހުންގެ އިންޓަނެޓްގެ ހުރިހަައި ޚިދުމަތެއް ހޯދުމަށް “ރޯމްދުނިޔެ” ބޭނުން ކުރުމަށް އެއްބަސްވި އެއްބަސްވުމެކެވެ.
“ރޯމްދުނިޔެ”އަކީ ދުނިޔޭގެ ހުރިހައި ގައުމަކަށް ނިސްބަތްވާ ނެޓްވޯކްތަކަށް އެކްސެސް ހޯދުން ފަސޭހަކޮށްދޭ އީސިމްގެ ޚިދުމަތެކެވެ.
“ރޯމްދުނިޔެ“އަކީ ރާއްޖޭގައި ހުންނަ އީސިމްގެ ޚިދުމަތް ޚިދުމަތްދޭ ބައެކެވެ. މިތަނުން އަގުހެޔޮ އީސިމް ޕްލޭންތަކުގެ ޚިދުމަތްތައް ފުޅާ ދާއިރާއެއް ހޯދައިގެން ދަތުރުވެރިންނަށް ނެޓްވޯކް ކަނެކްޓިވިޓީގެ ފަސޭހަ އަދި މެދުކެނޑުމެއްނެތް ޚިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ.
“ރޯމްދުނިޔެ“އާއެކު، އަގުބޮޑު ރޯމިންގ ޗާޖުގެ އުނދަގުލަކާ ނުލައި، ރާއްޖެ އާއި އެއަށްވުރެ ދުރުގައި ހުންނަ ގައުމުތަކާއި ދެމެދުގައި އިތުބާރު ހުރި އަގުހެޔޮ ޑޭޓާގެ ހިދުމަތްތައް ލިބިގެންދާނެއެވެ. “ރޯމްދުނިޔެ” ޗެކްކޮށްލުމަށް ލިންކަން https://roamdhuniye.com ފިތާލައި ތަޖުރިބާކޮށްލާށެވެ.
“ރޯމްދުނިޔެ“ގެ ޚިދުމަތްތަކުގެ ކަންކަން ފަހިކޮށްދިނުމުގެ ފަހަތުގައި ތިބޭނީ ދިވެހީންނެވެ. ފައިސާދައްކަން ޖެެހޭނީ ދިވެހި ފައިސާއިންނެވެ. ފައިސާދައްކަން ފަސޭހަ މި ޚިދުމަތް ދުނިޔޭގެ ހުރިހައި ގައުމެއް ކަހަލަ ގޮތަކަށް ކަވަރުކުރާނެ އެވެ.
ޚިދުމަތުގެ ޕްލޭނެއް ނެގުމަށްފަހު އިންސްޓޯލް ކުރުން ފަސަހަވާނެ އެވެ. ދިމާވާ ހުރިހައި މައްސަލަތަކަކަށް ހަފުތާގެ ހުރިހައި ދުވަހަކު 24ގަޑިއިރުގެ ޚިދުމަތް ލިބޭނެއެވެ.
“ރޯމްދުނިޔެ“ގެ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްދިނުމަށް މޯބައިލް އެެޕްލިކޭޝަނެއް ތައްޔާރުކޮށް ނެރުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެތަނުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




