މި ޖީލުގެ ކުދިންްނަށް އަޙްމަަދުދީދީ (އަހަންމައިދީ)އޭ ބުންޏަސް އެއީ ކާކުކަމެއް ނޭނގޭނެއެވެ. ނަަމަވެސް ރާއްޖޭގައި އެންމެ ފުރަތަމަ ތައްޔާރުކުރެވުނު އެންމެ ވަރުގަދަ ލޯބީގެ ބިރުވެރި ފިލްްމު ”ފަތިސްހަނދުވަރު“ގައި އެ ފެންްނަ ހުރިހައި ސްްޕެޝަލް އިފެކްޓަކެއް ހެދީ އަހަންމައިދީ (ޑީޑީ)އޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަން އެނގޭނެއެވެ. ޕާސަނަލީ ޑީޑީ ނުދަތަކަސް އޭނާއަކީ އެއޮއް ފަދަ ޒަމާނުގައި ދިވެހި ފިލްމެއްގައި ވަދުގަދަ ސްޕެޝަލް އިފެކްޓްތަކެއް ހަދައިގެން ދިވެހީން ސިއްސުވައިލި ހުނަރުވެރި ފަންނާނެވެ.

މިފަހުން އަހަންމަައިދީ ދިވެހިން ސިއްސުވައިލީ ”ފަތިސްހަނދުވަރު“ގެ އިފެކްޓްތަކަށް ވުރެންވެސް މޮޅު، އަދި ތަފާތު ކަމަކުންނެވެ. މިޒަމާނުގެ ފަންނިއްޔާތުގައި އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (މަސްނޫޢީ ތޫނުފިލި ވިސްނުން) ބޭނުންކޮށްގެން ޑީޑީ އުފައްދަމުންް އަންނަ ލަވަތަކަަކީ ’މާ އެހެން ލެވެލްއެއްގެ‘ މަސައްކަތްތަކެކެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ފަންނިއްޔާތަކީ ކިތަންމެމޮޅު ފަންްނިއްޔާތަކަސް އެއަށްވެސް އިރުޝާދު ދޭން މިޖެހެނީ އިންސާނުންނެވެ. އެހެންކަމުން އޭއައި އިން އުފައްދާ އުފެއްދުންތަކުގެ މޮޅުދެރަކަން ކަނޑައަޅައިދޭ އެންމެ މުހިންމު އެއް މޭސްތިރިއަކީ އޭއައި އަށް އިރުޝާދުތައްދޭ މީހާއެވެ. ޑީޑީގެ އުފެއްދުންތައް ތަފާތުވެފައި ކޮލިޓީކަން ޑީޑީގެ ޔޫޓިއުބް ޗެނަލް ބަލައިލުމުން ފެނިގެންދާނެއެވެ.

ޑީޑީގެ ހިތްހެޔޮ އަދި ދީލަތި ހުއްދައާއެކު މުނިއަވަސް ޓިކްޓޮކްގައި މިހާރު އާއްމުކޮށްފައިވާ ”އޭ ޒަމާނާ ވަގުތު ދިޔައީ (ކަވަރ)“ ލަވައަކީ ޑީޑީގެ އޭއައި އުފެއްދުންތަކުން މިހައިތަނަށް ފެނިގެންދިޔަ އެންމެ އުފެއްދުންްތެރި ސަޅި މަސައްކަތޭ ބުނަން މަޖުބޫރުވެއެވެ.

@muniavasEy zamaanaa vaguthu dhiyaee – Sofa Thowfeek (Cover) Credits:- Vocals: Sofa Thowfeek Film: Ithubaaru Melody: Dudley A Prouction By: Didi https://youtube.com/@didimaldives?si=ZQNDQOYeIngfaMJl Thank you Didi for this wonderful creation♬ original sound – MUNIAVAS

މި ލަވައިގެ މަސައްކަތްްތަކަށް ބަލައިލާއިރު، ސޮފާ ތަޢުފީޤް ކިޔާފައިވާ ”އޭ ޒަމާނާ ވަކިވެ ދިޔައީ“ ލަވައިގެ އޯޑިއޯ އަލުން ހަދާފައި މިވަނީވެސް ޒަމާާނީ ފަންްނިއްޔާތު ބޭނުންކޮށްގެންނެވެ. ލަވަ ފެށުމުގެ ކުރިން ހަމަ ގައިމުވެސް އިވިގެން އެދާ ޑައިލޮގުކޮޅަކީ ޑީޑީގެ ވަރުގަދަ އަޑުން ކިޔާފައިވާ ޑައިލޮގުކޮޅެކެވެ. ވީޑިއޯ ހަދާފައިވާ ގޮތަށް ބަލާއިރު އެންމެ ހައިރާންވާން ޖެހޭ ކަމަކީ މި ލަވައަށް މުޅީން އަލަށް ގެނެސްފައިފާ ތަފާތު ސްޓޯރީލައިން އުފައްދާފައިވާ ކޮލިޓީ މަސައްކަތާމެދުގައެވެ.

ޑީޑީގެ މި އޭއައި އުފެއްދުންތަކުން ދެންް އެންމެ ބޮޑަށް އަހަރެންގެ ހިތާ ކުޅެލީ ދިވެހިޤައުމުގެ ޤައުމީ ވިންދުކަމަށް ބެލެވޭ ”ވަޠަން އެދޭ ގޮތަށް“ ލަވަ އަލުން އުފައްދާފައިވާލެއް ސަޅިކަމުންނެވެ. އިތުރު ވާހަކަތަކެއް ދައްކައި ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ޑީޑީގެ ހުނަރުވެރި މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ހަވާލުކޮށްލަމުން ފުލުސްޓޮޕެއް ޖަހާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.