”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ފުރަތަމަ ބައްދަލު ކުރި މެޗް 6-0ން އިންޑިޔާ އަތުން ބަލިވެއްޖެއެވެ. މި މެޗްގައި ފުރަތަމަ ހާފްގައި އިންޑިޔާއިން ސްކޯ ކޮށްފައިވާއިރު ބާކީ 4 ގޯލް ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފްގައެވެ.

މި މެޗަށް ފަހު ދެން މުބާރާތުގައި ރާއްޖެ ވާދަ ކުރާނީ މި މިމަހުގެ 19ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. ”ބީ“ ގްރޫޕުން ޕާކިސްތާން އަދު އިންޑިޔާ 3 ޕޮއިންޓް ހޯދާފައިވާއިރު، ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެގެން ނޫނީ ކުރިއަށްދެވޭނެ ގޮތެއް ނެތެވެ. ވީމާ ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމު ނިކުންނާނީ މޮޅުވާން ކަމަށް ޓީމުގެ މެނޭޖަރ އަދުހަމް ވިދާޅުވިއެވެ.

މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ޝްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ. މިފަހަރު ސަޕޯޓްކުރަން ދަނޑަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި، ދަނޑަށް ވަދެވޭނެ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާން ކޮށްފައެވެ. އަދި އުސޫލެއްގެ ދަށުން ދިވެހި ސަޕޯޓަރުންނަށް ވަކި ސަރަހައްދެއް ހަމަޖެހިފައިވާ ވާކަންވެސް އަންގާފައިވެއެވެ. މެޗު ކުރިއަށް ދާނީ 19 ސެޕްޓެމްބަރ 2025ގައި ލަންކާ ގަޑިން 15:00ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.