“ ސާފް އަންޑާ17 ޗެމްޕިއަންޝިޕް“ މުބާރާތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވަނީ، ހަ ޤައުމުންނެވެ. އެޤައުމުތަކަކީ،ދިވެހި ރާއްޖެ، އިންޑިޔާ، ސްރީލަންކާ، ނޭޕާލް ،ބޫޓާން އަދި ޕާކިސްތާނެވެ.
ރާއްޖެ ހިމެނިފައިވަނީ ”ބީ“ ގްރޫޕް ގަައެވެ. ރާއްޖެ ފުރަތަމަ ބައްދަލު ކުރާނީ މިމަހުގެ 16ވަނަ ދުވަހު އިންޑިޔާ އާއި ދެކޮޅަށްލަންކާ ގަޑިން 15:00ގައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ މިމަހުގެ 19ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ލަންކާގަޑިން 15:00ގައެވެ. ތިންވަނަ މެޗު އޮންނާނީ މިމަހުގެ 22ގައި ބޫޓާން އާ ދެކޮޅަށް ލަންކާގަޑިން 19:30 ގައެވެ.
ޓީމުގެ ކޯޗު ސޮބާ ބުނީ މި މުބާރާތުގައި ކުޅޭ މެޗުތަކަކީ އުނދަގޫ މެޗުތަކަކަށް ވާނެކަމަށާ، ސަބަބަކީ ޕްރެކްޓިސް ކުރަން ޓީމަށް ލިބުުނު މުއްދަތު ކުރުވެފައި އިންޓަރނޭޝަނަލް މެޗްތަކަށް ޓީމު ފަރިތާނުވާނެތީ ކަމަށެވެ. މިމުބާރާތުގެ މެޗުތަކަކީ ޓީމަށް ވަރަށް މުހިއްމު މެޗްތަކެއްކަމަށާއި، ޙާއްސަކޮށް އިންޑިޔާ އާއި ދެކޮޅަށް ފުރަތަމަ ނިކުންނަ މެޗަކީ އުނދަގޫވާނެ، އެހެންނަމަވެސް ޓީމުގެ ކުޅުން ދައްކާނެ މެޗަކަށް ވާނެ ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.
@muniavas
Let’s come together to support our youngsters and encourage them to do their best.
17 އަހަރުން ދަށުގެ ދިވެހި ޤައުމީ ފުޓްބޯޅަޓީމްގެ މެނޭޖަރ އަދުހަމް، ބުނީ ކުރިއަރަމުން އަންނަ އުންމީދީ މި ޓީމަށް ދިވެހި ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓް، ބޭނުންވާނެ ކަމަށާއި، ދިވެހިންގެ ޤައުމީ ރޫހު މި މެޗުތަކުގައިވެސް ދައްކައި ދިނުމަށް އެދިފައިވެއެވެ.
މެޗްތަށް ކުޅެން ހަމަޖެހިފައިވަނީ ޝްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ. މިފަހަރު ސަޕޯޓް ކުރަން ދަނޑަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެއްވެސް އުޖޫރައަކާ ނުލައި، ދަނޑަށް ވަދެވޭނެ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާން ކޮށްފައެވެ. އަދި އުސޫލެއްގެ ދަށުން ދިވެހި ސަޕޯޓަރުންނަށް ވަކި ސަރަހައްދެއް ހަމަޖެހިފައިވާ ވާކަންވެސް އަންގާފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ދިވެހި ޓީމު ލަންކާ އަށް ގޮސްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




