ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗައިނާއިން އިންފްލޫއެންސަރުން ރެގިއުލޭޓް ކުރަނީ

ޗައިނާއިން އިންފްލޫއެންސަރުން ރެގިއުލޭޓް ކުރަން ގާނޫނެއް ފާސްކޮށް މިމަހު 25ގައި އެއަށް އަމަލުކުރަން ފަށައިފިއެވެ. އެގޮތުން އިންފްލޫއެންސަރުންނަކީ އޮންލައިންކޮށް ތަޖުރިބާކާރުންގެ މައުޟޫއުތަކާ ބެހޭ ގޮތުން މާއުލޫމާތު ފެތުރުމަށް ތަޢުލީމީ ގޮތުން ގާބިލު ބަޔަކަށް ވާން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

ކުށް މައުލޫމާތު އާއްމުކޮށް ފެތުރުމާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭސީ) އިން ވަނީ މީސް މީޑިއާގެ އިންފްލޫއެންސަރުން، ޚާއްސަ މައުޟޫތަކާ ބެހޭ ގޮތުން މީސް މީޑިއާގައި މަޢުލޫމާތު ފެތުރުމުގެ ކުރިން އެމީހުންގެ ތަޢުލީމީ ފެންވަރު ސާބިތުކުރަން ޖެހޭ ހަރުކަށި އާ ގަވާއިދުތަކެއް ހަދާފަ އެވެ.

އޮންލައިންކޮށް ދޮގު ވާހަކަތަކާ ކުރިމަތިލާ ދުނިޔޭގެ ގައުމުތަކަށް ޕޮޓެންޝަލް ބްލޫޕްރިންޓެއްގެ ގޮތުގައި ބޭނުންކުރެވިދާނެ މި ސިޔާސަތުގައި މެޑިސިން ނުވަތަ ޑަކްޓަރީ ބޭސްވެރިކަމުގެ ދާއިރާ، ޤާނޫނީ ދާއިރާ، ވިޔަފާރި، އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުގެ ކޮންޓެންޓް ކްރިއޭޓަރުންނަކީ އެ ދާއިރާތަކަށް ކޮލިފައިޑް މީހުންކަން ސާބިތުކޮށްދިނުމަށް ލާޒިމްކޮށްފައިވެ އެވެ. އެފަދަ އިންފްލޫއެންސަރުން، ޕްރޮފެޝަނަލް ލައިސަންސް ނުވަތަ ޑިގްރީ މެދުވެރިކޮށް ވިޔަސް އެމީހުންގެ ތަޖުރިބާގެ ހެކި ހުށަހަޅަން ޖެހެ އެވެ.

ޑައުއިން (ޗައިނާގެ ޓިކްޓޮކްގެ ވަރޝަން)، ބިލިބިލީ، އަދި ވެއިބޯ ފަދަ ޕްލެޓްފޯމްތަކަށް މި ސިޔާސަތުގެ ދަށުން އަމަލުކުރުމަށް ނިންމާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top