ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހޫގެ ކްރިސްޓަލް ލައިވްގަ ދެން އޮތީ ނިޢުމާ

ދިވެހި ފިލްމު އޯޑިއަންސްގެ އެންމެ ބޮޑު ތަރުހީބު އޮންނަ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން ކުރިއަށްގެންދާ ސިލްސިލާ ލައިވްގައި މި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނަހޫ އާއެކު ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައްދަލުކުރާނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދު އެވެ.

ފާތިމަތު ނަހުލާގެ އުފެއްދުންތަކުގައި ނިޢުމާ ވަނީ ހުނަރުވެރި އެކްޓިންއެއް ދައްކާފައެވެ. އެގޮތުން ފިލްމު “ކަލާޔާ ނުލާ” އަކީ ނިޢުމާ، ޝިރާނީ އަދި ޔޫއްޕެގެ ހުނަރުވެރި އެކްޓިންއާއެކު ބެލުންތެރިންގެ ހިތްތައް ރޮއްވައިލި ފިލްމެކެވެ. ހަމަ އެހެންމެ، ފިލްމު “ޔޫސުފު”ގައި ވެސް ނިޢުމާގެ މޮޅު އެކްޓިން ދައްކާލާފައިވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު 18ވީ ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ޓިކްޓޮކް ގައި ފެށި މި ލައިވްގެ ތިން ޝޯ މިހާތަނަށް ބާއްވާފައިވެއެވެ. އެގޮތުން ވޭތުވެދިޔަ ހޮނިހިރު ދުވަހުގެރޭ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ގެނެސްދިނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ޢާއިޝަތު ޝިރާނީ އެވެ. އޭގެ ކުރީ ހަފުތާގައި ގެނެސްދިނީ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޝިރާނީއާ އެކު ގެނެސްދިން ލައިވްގައި ނުވަހާހަށް ވުރެން ގިނަ މީހުން ބައިވެރިވެފައިވެއެވެ. ޝިރާނީ ބައިވެރިވި މި ޝޯގައި މަޖާ މާހައުލެއްގައި ޝިރާނީއާ ސުވާލުކޮށްލައި ވާހަކަދައްކައިލުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ. އާއްމުކޮށް ގަޑިއެއްގައި އިރަށް ކުރިއަށް ގެންދާ މި ލައިވް ޝޯ މި ދިޔަ ހަފުތާގައި ދަންވަރު ބާރަޖަހަންދެން ކުރިއަށް ގެންދަން ޖެހުނެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން މި ލައިވް ގެނެސްދޭނީ ހޮނިހިރު ދުވަހުގެ ރޭ 10:30ގައެވެ.

@muniavas Crystal Entertainement ge Weekly LIVE ah Bodu Tharuheebeh! @crystalentertainmentmv @fathimathnahula2 @shiruxa @mamma.maldives @unmaday #fy #fypシ゚ #fypageシ #fyppppppppppppppppppppppp #AI ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top