ރާއްޖޭގެ ފިލްމީ ދައިރާގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ފިލްމީ އުފެއްދުންތައް ނެރެމުން، ބެލުންތެރިންގެ މަޤުބުލުކަން ހޯދާފައިވާ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ފިލްމީ މަސައްކަތްތަކާ އަލްވަދާޢު ކިޔުމަށް އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ މާދަމާ ރޭ އޮލިމްޕަހުގައި ދައްކަން ފަށާނެއެވެ.
މިވަގުތު ރާއްޖޭގެ ޒުވާން ބަޠަލުންގެ ތެރެއިން އެންމެ މަޤުބޫލުވަމުން އަންނަ ޝަރަފް ޢަބްދުﷲ އަދި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަރިޔަމް މަޖުދާ އެކުގައި ފެނިގެންދާ ”އަލްވަދާޢު“ އޮލިމްޕަހުގެ ސިނަމާއަށް އަންނާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓު މިވަގުތުވެސް ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް 9911229 އަށް ގުޅައިގެން ކުރިއަށްދެވޭނެއެވެ.
މި ފިލްމުގައި ހިމެނޭ އަސަރުން ފުރިފައިވާ ލަވަ ”އަލްވަދާޢު“ މީގެ ދެ ހަފުތާ ކުރިން އާއްމުކޮށްފައިވާއިރު، މި ފިލްމުގައި ހިމެނޭ ލޯބީގެ ލަވަ ”ކަލާ“ގެ ކުޑަ ތަންކޮޅެއް މިމަހު 28 ގައި ވަނީ އާއްމުކޮށްފައެވެ. ޒުވާން ލަވަކިޔުންތެރިން ކަމަށްވާ އިޝާމް އަދި ރާޔާ ކިޔާފައިވާ މި ލަވަވެސް ވަަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”އަލްވަދާޢު“ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




