އައިފިލްމްސްގެ އަހަރީދުވަހު އެމީހުންގެ ކުރިއަށް އޮތް ޕްރޮކެކްޓް އިއުލާނުކޮށްފިއެވެ. މިފަހަރު އައިފިލްމްސް އިން އުފެއްދުމަށް މަސައްކަތް ފަށާފައިވަނީ ފީޗާ ފިލްމު “ޕާޓީ” އެވެ. މިއީ ނުދައްކާ ވާހަކަ ދައްކަން ހަދާ ފިލްމެއް ކަމަށްވެސް އައިފިލްމްސް އިން ބުނެއެވެ.
ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔާވެގެން މިފަހަރު ގެނެސްދޭ މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
ފިލްމު “ޕާޓީ”ގެ ނަން ހާމަކުރުުމަށް މިއަދު އައިފިލްމްސްގެ މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި ބުނެފައިވަނީ މިއީ މުޖުތަމަޢުން ފެންނަ ކަންކަމުން އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ކަމަށާ މީގައި ފެންނަ ކަންތައްތަކުގެ ސަބަބުން ތިބެވޭނީ ގޮނޑީގެ އަރިމަތީގައި ކަމަށެވެ.
އެންމެ ފަހުން އައިފިލްމްސް އިން ބެލުންތެރިންނަށް ގެނެސްދިނީ ފިލްމު “ލޯބިން…؟” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




