ފަހުގެ ތާރީޚުގައި ހިންދީ ފިލްމް އިންޑަސްޓްރީގައި ނެރެފައިވާ ފިލްމުތަކަށް ބަލާއިރު، ހިންދީ ފިލްމު ”ދުރަންދަރު“ މިވަނީ ކުރިން ހިންދީ ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތް އައްލޫ އަރްޖުންގެ ”ޕުޝްޕާ 2“ އަށް ވުރެ ބޮޑު ތަފާތަކުން ހިންދީ ބޮކްސް އޮފީހުގެ އެއްވަނައިގައި ނަން ލިޔެލާފައެވެ.

ޖާސޫސީ އެކްޝަން ފިލްމެއް ގޮތަށް ނެރެފައިވާ މިފިލްމު ވަނީ، ފިލްމު އާއްމުންނާއި ހަމައަށް އައުމުގެ ދެވަނަ ހަފްތާތެރޭގައި 22 ކްރޯޑް ރުފިޔާ ހޯދާފައެވެ. ”ދުރަންދަރު“ ފިލްމު މިވަނީ 14 ދުވަސް ތެރޭގައި 20 ކްރޯޑުގެ ނެޓް މާރކްއެއް ހޯދާފައެވެ. މިއީ ހިންދީ ބޮކްސް އޮފީހުގެ ފަހުގެ ތާރީޚެއްގައި ވެސް ހުރިހާ ވަގުތެއްގެ ރެކޯޑެކެވެ. ޝައުގުވެރި ކަމަކީ މިފިލްމުގެ ދެވަނަ ހަފްތާގައި 200 ކްރޯޑް ނެޓް މާރކް ލިބިފައިވާތީއެވެ. ހިންދީ ބޮކްސް އޮފީހުގެ ލިސްޓުގައި އެއްވަނައިގައި ޕުޝްޕާ 2 އަހަރަކަށް ވުރެ ގިނަ ދުވަހު އޮތްއިރު ދުރަންދަރު ފިލްމު މިވަނީ ދެ ހަފްތާތެރޭގައި މުޅި ހިންދީ ބޮކްސް އޮފީސްގެ ލިސްޓަށް ބޮޑު ބަދަލެއް ގެނުވާފައެވެ.

މިއީ 2023 ވަނަ އަހަރަށް ފަހު ބޮލީވުޑް ފިލްމެއް ބޮކްސް އޮފީހުގެ ރެކޯޑް ރީސެޓް ކުރި ފަސް ވަނަ ފަހަރެވެ. މިއާ ޚިލާފަށް ފުރަތަމަ ހަފްތާގެ ރެކޯޑަށް ސެޕްޓެމްބަރު 2023 އިން ފެށިގެން ބަދަލެއް ނާންނައިރު، މިއީ އޭގެ ކުރީ ދިހަ އަހަރާ އަޅާބަލާއިރު ވިޔަފާރީގެ ޑައިނަމިކަށް ޝައުގުވެރި ބަދަލެއް އައިސްފައިވާ ކަމެކެވެ. އެ މުއްދަތުގެ ތެރޭގައި ފުރަތަމަ ހަފްތާގެ ރެކޯޑް ފަސް ފަހަރު ރީސެޓް ކުރި ނަމަވެސް، ހަތަރު އަހަރު ވަންދެން ދެވަނަ ހަފްތާގެ ރެކޯޑް އެއްގޮތަކަށް އޮތް ހަމައެކަނި ފިލްމަކީ ”ތުރީ އިޑިއަޓްސް“ މި ފިލްމެވެ. ‏

ލިޔުންތެރިޔާގެ ފުރަމަލަ

ރީޝަމް ޢަލީ
ރީޝަމް ޢަލީ
ރީޝަމް އަކީ މުނިއަވަސް އޮންލައިންގެ ޚަބަރުލިޔުންތެރިއެއްގެ އިތުރުން މުނިއަވަސް ޓިކްޓޮކްގެ ޕްރޮގްރާމު ހުށައެޅުންތެރިއެކެވެ.