އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވާނީ ހެލިފެލިވެ އުޅެން ފަސޭހަ ގޮތަކަށް އަމިއްލަ ހަށިގަނޑު ބެހެއްޓުމަށެވެ. ގިނަފަހަރު ދުވަހުގެ މަސައްކަތްތައް ހުންނަ ގޮތުން ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ އުނދަގޫ ކަމަކަށްވެއެވެ. އަދި ހަށިގަނޑަށް ނުވަތަ އަމިއްލަ ނަފުސަށް ދެވޭ ވަގުތު ވަރަށް ކުޑައެވެ.
މިއަދު އަޅުގަނޑުގެ ލިޔުން ޚާއްސަ ކޮށްލާނީ ބުރަކޮށް އުޅެމުން ވެސް ހަށިގަނޑު ލުއިކޮށްލަން އަދި ހަށިގަނޑުގެ ހަކަތަ ހިފަހައްޓައިދޭން އެހީއަކަށް ވާނެ، ވަރަށް ފަސޭހައިން ލިބޭ އެއްޗަކާ ބެހޭގޮތުންނެވެ. ކޮންމެ ޤައުމަކަށް ދިޔަކަމުގައި ވީނަމަވެސް ބަދިގެތަކުން ފެންނަން ހުންނާނެ ހަވާދުގެ ވަރަށް މުހިންމު ބާވަތެކެވެ. އާދެ! މިދައްކަނީ ދިރީގެ ވާހަކައެވެ.
ދިރި އަކީ މުޅި ދުނިޔޭގައި ވެސް ގިނަ ބާވަތުގެ ކާނާގައި ބޭނުންކުރާ މަޝްހޫރު މީރު ރަހައެއް ހުންނަ ބާވަތެކެވެ. ބޭރު ޤައުމުތަކުގެ ކެއުންތަކުގައި ވެސް ދިރި އަކީ ވަރަށް މުހިންމު ރޯލެއް އަދާ ކުރާ އެއްޗެކެވެ.
ދިރިއަކީ ހަޖަމުކުރުމަށް ފަސޭހަވެ، ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، ލޭގައި ހިމެނޭ ހަކުރުގެ ބައި ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދިރި ބޭނުންކުރުމަކީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ގިނަ މީހުންނަށް ވަރަށް ބޮޑު އެހީއެކެވެ.
ޤަވާއިދުން ދިރި ފެން ނުވަތަ ދިރި ޕައުޑަރ ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ކެލޮރީ އަވަހަށް އަންދައިލުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރިއަކީ ސީދާ ބަރުދަން ލުއިކުރުމާ ގުޅިފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް ބަރުދަން ލުއިކުރުމުގެ މަރުޙަލާ އަވަސްކޮށްދީ، އިތުރުކޮށްދޭ އެއްޗެކެވެ.
ކޮންމެ ދުވަހަކު ވެސް ދިރި ޕައުޑަރ ނުވަތަ ދިރި ފެން ބުއިމުން ބަނޑުގެ އިތުރުން މުޅި ހަށިގަނޑުން ވެސް ސަރުބީ ނެތިކޮށްލައެވެ.
އެއް ފަހަރުން އަރާ ބޮންތީގައި ނުހިފޭނެއޭ ބުނާ ބީދައިން ދިރި ބޭނުންކުރަން ފެށުމާއެކު ދެދުވަހަކުން ބަރުދަނަށް ލުޔެއް ނުލިބޭނެއެވެ. ނަމަވެސް ދިރީގެ ޚާއްޞަ ސިފަތަކާއި ސިއްޙީ އެތައް ފައިދާތަކެއްގެ ސަބަބުން ގިނަ މީހުންނަށް މިއީ އަޖުމަ ބަލާލަން ރަނގަޅު އެއްޗެކެވެ.
ދުޅަހެޔޮ ކާނާއާއި ކަސްރަތު ކުރުމުން ދުރުވުމާއި ގުޅިގެން ހަށިގަނޑުގައި ޖަމާވަމުންދާ ސަރުބީ ޖަމާވުން މަދުކޮށް ހަށިގަނޑުގައި ދުޅަވުން މަދުކޮށްދޭ އެއްޗަށް ދިރި މިވަނީ ވެފައެވެ. ދިރި ކެއުމުން ފުއްޕާމޭ ދުޅަވުމާއި، ވަރުބަލިވުން ކުޑަވާކަން ފާހަގަ ކުރެވޭނެއެވެ.

ދިރި ފެން ތައްޔާރުކުރާނެ ގޮތް:
ފެން ތަށްޓަކަށް ދިރި ސަމުސަލެއް އެޅުމަށްފަހު 6 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން ލުބޯހުތް ސަމުސަލެއް އަޅައި އެއްކޮށްލުމަށް ފަހު ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ހުސްބަނޑާ ހުރެ ބުއިމުން ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.
ދިރި މިއީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ. އެއީ އޭގައި އިތުރު އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ކެއުމުގައި ޢާންމުކޮށް ނުލިބޭ މައުދަނެއް ކަމަށްވާ ދަގަނޑު، ދިރީގައި އެކުލެވިގެންވެއެވެ. ކާނާ ވިހަވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ދިފާއީ ނިޒާމަށް އެހީތެރިވެދީ، ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
ހުރިހާ ބޭފުޅުން ވެސް ލަސްނުކޮށް ދިރީގެ އަޖުމަ ބަލާލަމާ!
ލިޔުންތެރިޔާގެ ފުރަމަލަ

- ރީޝަމް އަކީ މުނިއަވަސް އޮންލައިންގެ ޚަބަރުލިޔުންތެރިއެއްގެ އިތުރުން މުނިއަވަސް ޓިކްޓޮކްގެ ޕްރޮގްރާމު ހުށައެޅުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް ފަސް މެންބަރުންގެ ކޮމިޓީ އެކުލަވައިލުމަށް މިރޭ އާއްމު ބައްދަލުވުމެއް
- 21 ޑިސެމްބަރ 2025ރިޕޯޓްބަރުދަން ލުއި ކުރުމަށް މީ ހަމަ މަރެއް!
- 19 ޑިސެމްބަރ 2025ޚަބަރުހިންދީ ބޮކްސް އޮފީހުގެ ޗާޓުގައި ބޮޑު ތަފާތަކުން ދުރަންދަރު އެއްމެ ކުރީގައި
- 27 ނޮވެމްބަރ 2022ޚަބަރުބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ކޭމްޕު ފަށައިފި




