ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް ފަސް މެންބަރުންގެ ކޮމިޓީ އެކުލަވައިލުމަށް މިރޭ އާއްމު ބައްދަލުވުމެއް

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމަށް 05 މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލުމަށްޓަކައި ބާއްވާ އާއްމު ބައްދަލުވުމެއް މިރޭ (25 ވާ ބުރާސްފަތި ދުވަހުގެރޭ) 20:30 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެމްއެފްއޭއިން ބުނެފިއެވެ.

އެމްއެފްއޭ އިން އާއްމުކޯށްފައިވާ ‘ޚާއްޞަ ދަންނަވައިލުމެއް’ގައި ބުނެފައިވަނީ މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ މިހާރު އޮތް ހިންގާ ކޮމެޓީގެ ބޯޑުގެ މުއްދަތު މި ހިނގާ ޑިސެމްބަރު މަހުގެ 31ވާ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާތީ، ކުރިއަށް އޮތް ދައުރަށް އެމްއެފްއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި އެ އެސޯސިއޭޝަންގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން އާއްމު މެންބަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު 05 މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލައިވައިލުމަށްޓަކައި އެސޯސިއޭޝަންގެ އާއްމު މެންބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ އެންމެހާ އާއްމު މެންބަރުންނަށް ވަނީ ދައުވަތުއަރުވާފައެވެ.

މިރޭގެ ބައްދަލުވުން އޮންނާނީ އޮލިމްޕަހުގެ ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމުގައެވެ.

މިއަހަރުގެ އެމްއެފްއޭގެ ވައިސް ޗެއަރޕާސަންގެ މަޤާމުގައި ހުރީ މަޝްހޫރު ފިލްމީތަރި ޝީލާ ނަޖީބުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top