މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމަށް 05 މެންބަރުން ހިމެނޭ އިލެކްޝަން ކޮމިޓީ އެކުލަވާލައިފިއެވެ. މި ބޯޑު އެކުލަވާއިލީ މިރޭ އެމްއެފްއޭ މެންބަރުންނަށް ބޭއްވި އާއްމު ބައްދަލުމެއްގެ ތެރެއިންނެވެ.
(އެމްއެފްއޭގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމަށް އައްޔަންކުރި 05 މެންބަރުން ހިމެނޭ އިލެކްޝަން ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުޙައްމަދު މަނިކް، ޕްރޮޑިއުސަރ ޝާނީޒް ޢަލީ، ފިލްމީ ތަރި އަޙްމަދު އާސިމް، ޙުސައިން ޝިނާން އަދި މައިޝާ އެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނިސްބަތުން ވަރަށް މަދު މެންބަރުންކޮޅެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
