ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަލީ ސީޒަން، ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސިޔާސީ މަޤާމަކަށް އައްޔަނުކޮށްފިއެވެ. ޚަބަރުތައް ލިބޭގޮތުގައި ސީޒަން އައްޔަނުކޮށްފައި ވަނީ ހައި ކޮމިޝަންގެ ފަސްޓް ސެކެރެޓީގެ މަޤާމަށެވެ.
މީގެ ކުރިން ޚަބަރުތައް ލިބިފައިވާ ގޮތުން ސީޒަން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާނެކަމަށް ހާމަކުރުމަށްފަހު، ނަން އަނބުރާ ގެންގޮސްފައެވެ.
ސީޒަންއަކީ ރާއްޖޭގެ ގިނަ ބެލުންތެރިންގެ ލޯތްބާއި މަޤުބޫލުކަން ލިބިފައިވާ ފަރާތެކެވެ. ނަމަވެސް ފިލްމީ މަސައްކަތުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ސީޒަން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރި ވެގެންދިޔަތަން ފެނިގެންގޮސްފައެވެ.
ރާއްޖޭގެ ފިލްމީ ދާއިރާއަށް ބަލާލާއިރު މިހާރު ފެނިގެން ދަނީ ގިނަ މަޝްހޫރު ފިލްމީތަރިން ސިޔާސީ ދާއިރާއަށް ނިކުންނަތަނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 23 ޑިސެމްބަރ 2025ޚަބަރުމި ފަހަރު ޔޫއްޕެ ޕީއެންސީ ޕްރައިމަރީ މައިދާނަށް
- 18 ފެބްރުއަރީ 2025ޚަބަރުޤާނޫނީ ދާއިރާއިން ޑިގްރީ ޕްރޮގުރާމެއް މަޖިލިސް މެމްބަރުންނަށް
- 18 ޖެނުއަރީ 2024ޚަބަރުސީޒަން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި




