ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރްއެމް) އަށް ސޮއިކޮށްފިއެވެ.
ކުރީގެ ރައީސް މަޢުމޫން ޢަބުދުލްްޤައްޔޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ނިއުމާ އެމްއާރުއެމްއަށް ސޮއިކުރަން ހުއްޓާ ހުރި ފޮޓޯއެއް ޕޯސްޓްކޮށްފައިވެއެވެ. އަދި ބުނެފައިވާ ގޮތުގައި ނިއުމާގެ ކޮންމެ ފިލްމަކުންވެސް ފެނިގެން ގޮސްފައިވަނީ މުޖުތަމަޢުއަށް އޭގެ ސަބަބުން ކުރާނެ ފައިދާ ކަމަށްވެސް މަޢުމޫންގެ ޓްވީޓްގައި ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވާ ގޮތުގައި ނިއުމާއަކީ އެމްއާރްއެމްގެ ސިޔާސަތުތައް މުޖުތަމައުއަށް ދައްކުވައި ދިނުމަށް އެންމެ ރަނގަޅު އެކަކު ކަމަށެވެ.
ރައީސް މައުމޫންގެ އިސްނެންގެވުމުގެ މަތިން އުފައްދާ އެމްއާރްއެމް ހެދުމުގެ ހުއްދަ އިލެކްޝަނުންދީފާވާއިރު3000 މެމްބަރުން ހަމަކުރުމަށްފަހު ދާދި އަވަހަށް ހުށަހަޅާނެކަމަށް އެޕާޓީން ބުނެފައިވެއެވެ.
