ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް

2025 ޑިސެމްބަރު 27ން 28އަށް އިންޑިއާގައި ބޭއްވި 05ވަނަ ކަރްނާޓަކާ ފިލްމު މަހާސަމާގައި ރާއްޖޭގެ ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް ލިބިއްޖެއެވެ.

އެގޮތުން މި ފެސްޓިވަލްގައި ބައިވެރިކުރި ފިލްމު “ކަމަނާ”ގެ ޑައިރެކްޓަރ ހުސައިން މުނައްވަރަށް އެންމެ މޮޅު ޑައިރެކްޓަރުކަން، ޔޫސުފު ޝަފީޢުއަށް އެންމެ މޮޅު ފިރިހެން އެކްޓަރުކަން އަދި މަރިޔަމް އައްޒައަށް އެންމެ މޮޅު އަންހެން އެކްޓަރުކަން ލިބިފައިވެއެވެ. މީގެ އިތުރުން، ފިލްމު “ނޮވެމްބަރ”އަށް އެންމެ މޮޅު ސިނަމޮޓޮގްރަފީ އެވޯޑް ލިބިފައިވެއެވެ.

މިއީ އެމްއެސްޕީއޭ މެދުވެރިވެގެން ރާއްޖޭގެ ފިލްމުތައް މި ފެސްޓިވަލްގައި ބައިވެރިކުރި ހަތަރުވަނަ ފަހަރެވެ. މި ފެސްޓިވަލްގައި ބައިވެރިކުރި ފިލްމުތަކަށް މީގެ ކުރީ ފަހަރުތަކުގައިވެސް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ލިބިފައިވެއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ކުރިއެރުވުމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ކުރަމުން އަންނަ ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ ސަބަބުން ފިލްމީ ދާއިރާގެ ފަންނުވެރިންނަށް ރަނގަޅު ފުރުޞަތުތަކެއް ހުޅުވި، ރަނގަޅު ކާމިޔާބީތަކެއް ރާއްޖެއިން ބޭރުން ހާސިލުކުރަމުންް އަންނަކަމީ މި ޖަމިއްޔާއާމެދު ފަންނުވެރިން ފަޚުރުވެރިވާ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top