މި ފެށެނު އައު އަހަރު ޖެނުއަރީ 02 ން 06 އަށް އޮލިމްޕަހުގައި ޑާކް ރެއިން އިން ދައްކަން ހަމަޖެހިފައިވާ އެ ޕްރޮޑަކްޝަންގެ ވަރުގަދަ ދެ ފިލްމު ”އަލިފާން“ އަދި ”އަލްވަދާޢު“ގެ ޓިކެޓް ހަމަ އެންމެ 100 ރުފިޔާއަށް ގަންނަން ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، 01 ޖެނުއަރީ 2026 ވަނަ ދުވަހު ހެނދުނު 10:00 ން ރޭގަނޑު 10:00 އާއި ދެމެދު ޓިކެޓް ގަންނަން ތައްޔާރުވާށެވެ. އައު އަހަރުގެ ހަދިޔާއެއްގެ ގޮތުން ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަނީ ޓިކެޓް އަގުހެޔޮކޮށްލާފައެވެ.

ފިލްމު “އަލްވަދާޢު” އަޅުވަން ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 02، 03، 04 އަދި 06 ގައެވެ. “އަލިފާން” ދައްކާނީ ޖެނުއަރީ 05ގައެވެ.‏

ޓިކެޓް ގަތުމަށް ގުޅަން ޖެހޭ ނަންބަރަކީ 9911229 އަށެވެ.

ތަފާތު ދެ ޖޮންރާއެއްގެ މި ދެ ފިލްމަކީ ދިވެހި ފިލްމު ބަލާ އޯޑިއަންސުން ވަރަށް ބޮޑަށް ބަލައިގަނެ ވަރަށް ތަޢުރީފުކޮށްފައިވާ ދެ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.