ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޭކް ދޫޖޭ ކޭ ލިޔޭ” އަށްފަހު އަހަންނަށް މަރުގެ އިންޒާރުތައް އައި: ރާކޭޝް ބޭދީ

ވޭތުވެދިޔަ 2025 ވަނަ އަހަރު އިންޑިއާއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަދިވެސް ކާމިޔާބުކަމާއެކު ސިނަމާތަކުގައި ދައްކަމުންދާ ބޮލީވުޑް ފިލްމު “ދުރަންދަރް” ގެ މުހިންމު ރޯލެއް ކުޅުނު އެކްޓަރު ރާކޭޝް ބޭދީ މިވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ދިމާވި ހަނދާނުން ފިލުވާލަން ދަތި ހާދިސާއެއް ހިއްސާކޮށްފައެވެ.

“އެނގޭތަ؟ އޭކް ދޫޖޭ ކޭ ލިޔޭ އަށްފަހު އަހަންނަށް ވަރަށް ގިނަ މަރުގެ އިންޒާރުތައް އައި. އެއީ އެ ފިލްމުގަ އަހަރެންތާ އެ ދެމީހުންގެ ދޭތެރޭ މައްސަލަތައް އުފައްދަނީ. އަހަރެންވެސް އެ އަންހެންކުއްޖާދެކެ ލޯބިވާތީ. އޭގަ އަހަރެންގެ ކެރެކްޓާއަކީ ފުދޭވަރަކަށް މަޖާކަން އެކުލެވޭ އެކަމަކު ނުބައިބައި ރޯލެއް. އަހަރެންނާ ހެދިތާ އެ ދެމީހުން މަރުވަނީ. އެދުވަސްވަރަކީ ފިލްމުތަކުން ވަރަށް ވަރުގަދަ ފްރެންޒީއެއް އުފައްދާ ދުވަސްވަރެއް. މިހާރު ވަރަށް މަދުން ނޫނީ ނުވާކަމެއް. އެކަމަކު ދުރަންދަރް އިން އަނެއްކާވެސް ހަމަ އެފަދަ ފްރެންޒީއެއް އުފައްދައިފި.” ރާކޭޝް ބުނެފައިވެއެވެ.

“ދުރަންދަރް” ފިލްމާއި ބެހޭގޮތުންވެސް އޭނާ ވަނީ އެފަދަ ވާހަކައެއް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އޭނާ ކުޅުނު ޖަމީލް ޖަމާލީގެ ރޯލު އޭނާއަށް ނުދީ ކޮންމެވެސް އެހެން މަޝްހޫރު، ބޮޑު ތަރިއަކަށް ދިނުމަށް ބުނެފައެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަދިތުޔާ ދަރް ވަނީ އޭނާގެ ނިންމުން ބަދަލު ނުކުރާނެކަމަށް ބުނެފައި ކަމަށްވެސް ރާކޭޝް ބުނެފައިވެއެވެ.

“އަދިތުޔާ ބުނީ އޭގެ އެއްވެސް ތަރިޔަކު ބަދަލެއް ނުކުރާނަމޭ. އެހެންމީހުން ބޮޑެތި ތަރިންނަށް ވެދާނެޔޭ. އެކަމަކު ރާކޭޝް ބޭދީ އެބައި ކުޅޭގޮތަށް އެހެން މީހަކަށް ނުކުޅެވޭނެޔޭ.” ރާކޭޝް ބުނެފައިވެއެވެ.

ރަންވީރް ސިންގ ލީޑް ރޯލުން ފެނިގެންދިޔަ “ދުރަންދަރް” ގެ ދެވަނަ ބައި މި އަންނަ މާރިޗު މަހު 19 ގައި ސިނަމާތަކަށް ގެންނަން ވަނީ ތާވަލުކޮށްފައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top