ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލިޔުންތެރިކަމުން ސިކުނޑިއަށް ނުހަނު ގިނަ ފައިދާތަކެއް!

ލިޔުންތެރިކަމަކީ ހަމައެކަނި ގަލަމަކުން ނުވަތަ ކީބޯޑަކުން އަކުރުތަކެއް ފަތުރާލުމެއް ނޫނެވެ. އެއީ އިންސާނާގެ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް، ސިކުނޑި ތޫނުފިލިކޮށްދޭ މުހިންމު ކަސްރަތެކެވެ. ލިޔުމުގެ ތެރޭގައި ސިކުނޑީގެ ތަފާތު އެތައް ބައިތަކެއް އެއްފަހަރާ ބައިވެރިވާންޖެހޭތީ، މިއީ ސިކުނޑި ހަކަތައިގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ލިޔުމުގެ ސަބަބުން ހަނދާންގަދަވުމާއި ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވެއެވެ. ސަބަބަކީ މަޢުލޫމާތުތައް ލިޔުމަށްޓަކައި ސިކުނޑިން އެ މަޢުލޫމާތުތައް ފުންކޮށް ދިރާސާކުރަން ޖެހުމެވެ. މީގެ އިތުރުން، ވިސްނުމުގެ ހުނަރުތައް ވަރުގަދަވެ، ކޮންމެ ކަމަކީވެސް ފަރިތަކުރުމުން ފުރިހަމަވާނެ ކަމެއްކަން ލިޔުންތެރިކަމުން ސާބިތުކޮށްދެއެވެ. ފިކުރު ހިންގުމާއި، ކަންކަމުގެ ފުންމިނަށް ބަލައި، ކަންކަން ތަޙުލީލުކުރުމުގެ ޤާބިލުކަން ވެސް ލިޔުންތެރިކަމުގެ ސަބަބުން ތަރައްޤީވެއެވެ.

އަމިއްލަ ޚިޔާލުތައް ތަރުތީބުކޮށް ލިޔުމަކީ މައްސަލަ ހައްލުކުރުމުގެ ހުނަރު ކުރިއަރުވައިދޭ ކަމެކެވެ. ހަމައެއާއެކު، މިއީ ނަފްސާނީ ގޮތުން ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހިތުގައި ހުންނަ އުދާސްތައް ބޭރުކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. ނަތީޖާއެއްގެ ގޮތުން، ހާސްކަމާއި ނުތަނަވަސްކަން ކުޑަވެ، ނަފްސާއި ސިކުނޑި މަޑުމައިތިރިވެއެވެ. އައު އުފެއްދުންތެރި ޚިޔާލުތަކަށް މަގުފަހިވެ، ތަފާތު ގޮތްގޮތަށް ވިސްނުމަށް ސިކުނޑި ހޭނެއެވެ. މިއީ ޚިޔާލީ ބާރު ވަރުގަދަކޮށްދީ، ފަހެލިކޮށް ވިސްނުމަށް ލިބޭ ބާރެކެވެ.

ބަހުގެ ހުނަރާއި، ބަސްކޮށާރާއި، ޖުމްލަ އެތުރުމުގެ ފެންވަރު ރަނގަޅުވުމަކީ ލިޔުންތެރިކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމެވެ. މިކަމުގެ ސަބަބުން ބުނަން ބޭނުންވާ ވާހަކަ އެންމެ ސީދާކޮށް، ސާފުކޮށް ފާޅުކުރުމަށް ފަސޭހަވެއެވެ. އުނގެނުމުގެ މަރުޙަލާގައި ލިޔުމަކީ ދަސްކުރާ އެއްޗެއް ދިގު މުއްދަތަށް ހަނދާނުގައި ބެހެއްޓުމަށް އެހީވާ ކަމެކެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް ބަލައިލުމަށާއި، އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުމަށް ލިޔުންތެރިކަން ހިތްވަރުދެއެވެ.

ކަންކަމަށް ދޭ ސަމާލުކަމާއި، އަޚުލާޤީ ހަމަތަކާއި، ސިކުނޑީގެ ސާފުކަން ލިޔުމުގެ ސަބަބުން އިތުރުވެއެވެ. މިއީ ނަފްސާނީ ގޮތުންނާއި ފިކުރީ ގޮތުން އިންސާނާ ވަރުގަދަކޮށްދޭ ކަމެކެވެ. އުމުރުން ދުވަސްވީ ނަމަވެސް ސިކުނޑި ޒުވާންކަންމަތީ ބެހެއްޓުމަށް ލިޔުންތެރިކަން އެހީތެރިވެއެވެ. ކުރުކޮށް ބުނާނަމަ، ލިޔުންތެރިކަމަކީ “އެއްގަލުން ދެބައިމިނާ ނެގުމެ”ވެ. އެއީ އެއްފަހަރާ ސިކުނޑީގެ ވިސްނުން ތޫނުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ އަގުހުރި ހުނަރެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top