ޕާކިސްތާން ޑްރާމާ “ގުލާމް ބާޝާ ސުންދަރީ” މިމަހު 12 ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
އިމްރާން އަޝްރަފް އާއި ހީނާ އަފްރީދީ ލީޑް ރޯލުން ފެނިގެންދާ “ގުލާމް ބާޝާ ސުންދަރީ” ގައި މުހިންމު ރޯލުތަކަކުން ޒަވިޔާރް ނައުމާން އިޖާޒް އަދި ޝާހްޒާދު ނަވާޒްގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.
ވަރަށް ޖެހިލުންކުޑަ ގުލާމް ނަމަކަށް ކިޔާ ފިރިހެނެއްގެ ވާހަކަ ކިޔައިދޭ މި ޑްރާމާގައި އޭނާ ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ވަރުގަދަ އަޒުމެއްގައި ހުންނައިރު، ދެކޮޅުވެރިކަމުގައި އޭނާގެ ހިތްވަރު އިމްތިހާން ކުރެވެއެވެ. އަދި ބޭވަފާތެރިކަމުން ހިތް ޒަޚަމްވާއިރުވެސް އޭނާގެ ލޯބި ފަނޑުނުވާއިރު، އޭނާ ނިންމާ ކޮންމެ ނިންމުމަކުން ވާހަކައިގެ މިސްރާބު ބަދަލުކޮށްލާނެ ކަމަށްވެއެވެ.
ތަރިންގެ މޮޅު އެކްޓިންއެއް ފެނިގެންދާނެ މި ޑްރާމާއަކީ ޒަންޖަބީލް އާސިމް ޝާހްގެ ވާހަކައަކަށް އަމީން އިޤްބާލް ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ބީޖޭ ޕްރޮޑަކްޝަންސްގެ ކުޑައިގެ ދަށުން މި ޑްރާމާ ޕްރޮޑިއުސްކުރީ ބައްބަރް ޖާވިދެވެ.
ގްރީން އެންޓަޓެއިންމެންޓް ޓީވީއިން އަންނަ ހޯމަ ދުވަހު (12 ޖެނުއަރީ) ގެ ރޭ ދައްކަން ފަށާ “ގުލާމް ބާޝާ ސުންދަރީ” ގެ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ 20:00 ގައެވެ. މީގެ އިތުރުން ގްރީން އެންޓަޓެއިންމެންޓް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
