ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިބަހުގެ އެކެޑަމީން ޚާއްޞަ ފޮތް މައުރަޒެއް ބާއްވަނީ

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން ހިންގާ ހަރަކާތްތަކުގެ ދަށުން މިއަދު ޚާއްޞަ ފޮތް މައުރަޒެއް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

ދިވެހިބަހުގެ އެކެޑަމީން މިއަދު ބާއްވާ ޚާއްޞަ ފޮތް މައުރަޒު އޮންނާނީ ހެނދުނު 0900 ން މެންދުރުފަހު 1400 އަށެވެ. ފޮތް މައުރަޒު އޮންނާނީ ދިވެހިބަހުގެ އެކެޑަމީ އޮފީހުގެ އޮފީސް އަސްކަނި ދަށުގައެވެ.

މިއަދު ބޭއްވޭ ފޮތް މައުރަޒުގައި ކުޑަކުދިންނަށް ޚާއްޞަ ވާހަކަތައް ޕެންޑްރައިވަށް ހިލޭ އަޅައިދިނުމަށް ހަމަޖެހިފައި ވާކަށް ދިވެހިބަހުގެ އެކެޑަމީން ހާމަކޮށްފައި ވެއެވެ.

ދިވެހިބަހުގެ ދުވަހުގެ ޝިޔާރަކަށް މިއަހަރު ކަނޑައަޅާފައިވަނީ “ދިވެހިން ފޮތްކިޔަމާ. ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން.” މި ޝިޔާރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top