ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސްބެލުމެއްނެތި ޕޮލިހާއި އެމްޓީސީސީ ކުރިއަށް
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ހަތްވަނަ މެޗުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި އަށްވަނަ މެޗުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) މޮޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންއާ މޯލްޑިވްސް ޕޮލިސް ސާވިސް ބައްދަލުކުރި މެޗް ޕޮލިސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ކުރިން ކުޅުނު ދެމެޗުން ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވާ ޕޮލިސް މިމެޗްގެ ސެޓްތައް ގެންދިޔައީ 25-21، 25-8 އަދި 25-8 އިންނެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ކުޅުނު ފުރަތަމަ މެޗްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެޓީމުގެ ޖޯޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ.

މުބާރާތުގެ އައްވަނަ މެޗްގައި ބައްދަލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާއި މޯލްޑިވްސް އިމިގްރޭޝަން އެވެ. ސީދާ ތިން ސެޓުން އެމްޓީސީސީ ކާމިޔާބުކުރި މިމެޗްގެ ސެޓްތައް އެމްޓީސީސީއިން ހޯދީ 20-25، 25-23 އަދި 25-9 އިންނެވެ. މިމެޗުން ހޯދި މޮޅާއެކު އެމްޓީސީސީ ވަނީ ކުޅުނު ދެ މެޗުން މޮޅުވެފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ ޖޯޒީ ނަންބަރު 15 އާމިނަތު އަމާނީ އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top