އިންޓަރ އޮފީސް ވޮލީބޯލް ޗެންޕިއަންޝިޕް ވިމެންސް ޑިވިޝަންގެ އެގާރަވަނަ މެޗުން ފެނަކަ ކޯޕަރޭޝަން އަދި ބާރަވަނަ މެޗުން މޯލްޑިވްސް އިމިގްރޭޝަން މޮޅުވެއްޖެއެވެ.
އެގާރަވަނަ މެޗްގައި ވާދަކުރީ ފެނަކަ ކޯޕަރޭޝަން އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ފެނަކަ ކޯޕަރޭޝަން އެވެ. ފުރަތަމަސެޓް ފަހަތުން އަރައި 24-26 އިން އެއާރޕޯޓްސް ހޯދި ނަމަވެސް ދެވަނަސެޓް 25-14 އިން ތިންވަނަސެޓް 25-13 އިން ފެނަކަ ހޯދިއެވެ. ފަސޭހަކަމާއެކު ދެ ސެޓް ހޯދައި މެޗް ނިންމަން ނުކުތް ފެނަކައަށް އެކަންކުރަން ފަސޭހައެއް ނުވިއެވެ. ހަތަރުވަނަ ސެޓް 25-19 އިން އެއާރޕޯޓްސް ހޯދުމާއެކު މެޗްގެ ފޯރި ގަދަވިއެވެ. ފަސްވަނަސެޓް ފެނަކައިން ހޯދީ 15-7 އިންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝަންގެ ޖޯޒީނަންބަރު 10 ހަދީޖާ ސިފްލާއެވެ.
ބާރަވަނަމެޗްގަ ވާދަކުރީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް އިމިގްރޭޝަންއެވެ. މިމެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ މޯލްޑިވްސް އިމިގްރޭޝަންއެވެ. އިމިގްރޭޝަަނުން ސެޓްތައް ހޯދީ 10-25، 25-22 އަދި 12-25 އިންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް އިމިގްރޭޝަންގެ ޖޯޒީނަންބަރު 17 ހަތުމާ މޫސާއެވެ.

ފޮޓޯ: ފޮޓޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
