ލަންކާގެ އިންޓަރނޭޝަނަލް ސްކޫލެއް ކަމަށްވާ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ޖޫނިއަރ ހެޑް ޕްރިފެކްޓް އަކަށް ދިވެހި ދަރިވަރެއް ހޮވިއްޖެއެވެ.
އެ ސްކޫލްގެ ޖޫނިއަރ ހެޑް ޕްރިފެކްޓަކަށް ހޮވިފައިވާ ދަރިވަރަކީ ސ.ފޭދޫ / ޖީޒާ، މަރިޔަމް ޔާނާ ނާފިއުއެވެ. ޔާނާ އަކީ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ޕްރިފެކްޓް ބެޖް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޖޫނިއަރ ކުދިންނަށް ހުވާލައި ދިނީވެސް، ޖޫނިއަރ ހެޑް ޕްރިފެކްޓް ޔާނާ ނާފިއު އެވެ.
ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްއަކީ ދިވެހި ކުދިން ގިނަ އަދަދަކަށް ކިޔަވަމުންދާ ސްކޫލެކެވެ. ރާއްޖޭން ބޭރުގެ ސްކޫލްތަކުގައި ދިވެހި ކުދިން ވިދަމުން އަންނަކަމީ ފަޚުރުވެރިވާ ކަމެކެވެ.
ކިޔުންތެރިންގެ ޚިޔާލު
