އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ މޯލްޑިވްސް އިމިގްރޭޝަން ހޯދައިފިއެވެ.
ސެމީނަލް މެޗުން ބަލިވި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ އާއި މޯލްޑިވްސް އިމިގްރޭޝަން ބައްދަލުކުރި މި މެޗް މޯލްޑިވްސް އިމިގްރޭޝަނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗު ވެސް މޯލްޑިވްސް އިމިގްރޭޝަން ކާމިޔާބުކުރީ މޯލްޑިވްސް އެއާރޕޯރޓްސް އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މިއަދުގެ މެޗްގެ ސެޓްތައް މޯލްޑިވްސް އިމިގްރޭޝަނުން ހޯދީ 25-17، 25-19 އަދި 25-15 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް އިމިގްރޭޝަންގެ ޖޯޒީ ނަންބަރު 13 އާމިނަތު އަފާފް އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މި މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗްގައި ވާދަކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމް.ޓީ.ސީ.ސީ ) އެވެ.
