ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާފް ފުޓްސެލް ޗެންޕިއަންކަން ދިވެހިރާއްޖެ ހޯދައިފި
ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ސާފް ފުޓްސެލް ޗެމްޕިއަންސިޕްގެ ޗެންޕިއަންކަން ދިވެހިރާއްޖެ ހޯދައިފިއެވެ. ކޮންމެޓީމެއް ކޮންމެޓީމަކާއި ބައްދަލުކޮށް އެންމެކުރި ހޯދާ ޓީމަކަށް ޗެންޕިއަންކަން ލިބޭގޮތަށް ކުރިޔަށްދާ މިމުބާރާތުގެ ޗެންޕިއަންކަން ދިވެހިރާއްޖެއިން ހޯދާ ކުޅެންޖެހޭ ހަމެޗްގެ ތެރެއިން ފަސްމެޗުން މޮޅުވެ ހޯދި ފަނަރަޕޮއިންޓާއިއެކުއެވެ. ކުރިޔަށް އެއްމެޗް އޮއްވައި ދިވެހިރާއްޖެއިން ހަމަކުރި ފަނަރަ ޕޮއިންޓާއި އެއްވަރަށް ޕޮއިންޓް ހޯދޭނެ އެހެންޓީމެއް ދެން ނެތެވެ. ދިވެހިރާއްޖެއާ އެންމެގާތުން ވާދަކުރާ ޕާކިސްތާނު ކުޅެންޖެހޭ ހަ މެޗުން އެޓީމަށް ހަމަކުރެވެން އޮތީ 13 ޕޮއިންޓެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ބޫޓާނާއި ދިވެހިރާއްޖެ މިއަދު ބައްދަލުކުރި މެޗުން ދިވެހިރާއްޖެ މޮޅުވީ ފަހަތުން އަރައި 1-3 އިންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނިޓްގަ ބޫޓާނުން ލަނޑެއް ޖަހައި ލީޑު ނެގިނަމަވެސް ދިވެހިރާއްޖޭން ކުޅެމުންއައި ކުޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ގާތްގާތުގައި ފުރުސަތު ހޯދައި ހަމަލާތައް އުފައްދަމުންދިޔަ ދިވެހިރާއްޖެއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަބްދުﷲ ޖުނައިދު ( ޖެންނެ ) ޖެހި ލަނޑުންނެވެ. ހުސެއިން ޝަރީފް ތިރިތިރިން ޖެންނެއަށް ޖައްސާލިބޯޅަ ޖެންނެ ގޯލްގެތެރެއަށް ފޮނުވާލީ އޭރިޔާ ބޭރުންނެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ދިވެހިރާއްޖެއިން ވަނީ ލީޑުނަގާފައެވެ. 3 ވަނަ މިނިޓްގައި ލިބުނު ފްރީކިކް ގޯލްގެތެރެއަށް ފޮނުވާލައިގެން ދިވެހިރާއްޖެއަށް ލީޑުނަގައިދިނީ އަހްމަދު ހަމީދުއެވެ. ދިވެހިރާއްޖެއަށް ތިންވަނަ ލަނޑު ޖަހައިދިނީ މެޗްނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކެޕްޓަން މުޙައްމަދު އިމްރާންއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top