ޕްރަޖަކްތާ ކޯލީ އަދި ރޯހިތު ސަރަފުގެ “މިސްމެޗްޑު”ގެ ކާމިޔާބު ތިން ސީޒަނަށްފަހު، މިހާރު ނެޓްފްލިކްސް އިން ތައްޔާރުވަމުންދަނީ ސީޒަން 4 ނެރުމަށެވެ. އެހެންކަމުން މި ސީޒަން އަކީ މި ސީރީޒްގެ ފަހު ސީޒަންކަންވެސް ވަނީ ހާމަކޮށްފައެވެ.
ޕްރަޖަކްތާ ކޯލީ އާއި ރޯހިތު ސަރަފް މައިގަނޑު ރޯލުން ފެނިގެންދާ ނެޓްފްލިކްސްގެ ރޮމް-ކޮމް ޑްރާމާ ސީރީޒްކަމަށްވާ ‘މިސްމެޗްޑް’ ގެ އެންމެ ފަހު ސީޒަން، ފެބްރުއަރީ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިވަނީ ދައްކާލާފައެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރގައި ތިންވަނަ ސީޒަން ނެރުނު ފަހުން ހަތަރުވަނަ ނުވަތަ ކުރުކޮށް ބުނާނަމަ އެންމެ ފަހު ސީޒަނެއް މިއަހަރުގައި އަންނާނެކަން ވަނީ ޔަގީންވެފައެވެ. މިސީޒަންގެ ފުރަތަމަ މަންޒަރުތައް ބެލުންތެރިންނާ ވަނީ ރޭގައި ދައްކާލާފައެވެ.
ރޭގައި ނެރުނު ޓްރެއިލަރއިން އެނގިފައިވާ ގޮތުގައި މި ސީޒަން ފަށާފައިވަނީ ސީޒަން 3 ނިންމި ލޮކޭޝަން ކަމަށްވާ އިންޑިއާގެ މުންބާއީގެ މެރިން ޑްރައިވްގައެވެ. ސީޒަން 3 ބެލުންތެރިންނަށް އުއްމީދުކުރި ވަރަށް ކަމުނުދިއުމުގެ ސަބަބުން މިސީޒަންއަށް ގިނަ ބެލުންތެރިންތިބީ ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ.
ތިންވަނަ ސީޒަނަށް ފަހު އާ ފެށުމެއް
ތިންވަނަ ސީޒަންގައި ރަންވިޖޭ ސިންގް، މުސްކާން ޖާފަރީ، ތާރުކް ރައިނާ އަދި އަހްސާސް ޗަންނާ ކުރީގެ ރޯލުތަކުން ފެނިގެންދިޔައެވެ. ހަމައެއާއެކު ލޯރެން ރޮބިންސަން، ގަރިމާ ޔަޖްނިކް އަދި އަކްޝަތު އެސް ފަދަ އާ ތަރިންވެސް ފެނިގެންދިޔައެވެ.
ތިންވަނަ ސީޒަން ނެޓްފްލިކްސްގައި ނެރެފައިވަނީ 13 ޑިސެންބަރ 2024ގައެވެ. އެއީ ސީޒަން 2 ޕުރިމިއަރ ކުރިތާ 3 އަހަރުފަހެވެ. މިސީރިޒް ގިނަބައެއްގެ މެދުގައި މަޤުބޫލު ވެފައިވަނީ އޭގެ ޝައުގުވެރި ވާހަކައިގެ ސަބަބުންނާއި ޕްރަޖަކްތާ އާއި ރޯހިތުގެ މެދުގައި އޮންނަ ވަރުގަދަ ކެމިސްޓްރީގެ ސަބަބުންކަން ގިނަ ބަޔަކަށް ފާހަގަ ކޮށްލެވެއެވެ.
އެންމެ ފަހު ސީޒަނާ ބެހޭގޮތުން އުފެއްދި ފަރާތްތަކުން ބުނަނީ ކީކޭ؟
ނެޓްފްލިކްސް އިންޑިއާއިން އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކޮށް ކެޕްޝަންގައި ޖަހާފައިވަނީ “އަހަރެމެން ރޮއެފިން، ހަޅޭއްލަވައިފިން އަދި އެކުގައިވާން އެދިފިން. އެންމެ ފަހު ފަހަރަށް ކޯލްޑް ކޮފީއަކަށް ބައްދަލުކޮށްލަމާ ‘މިސްމެޗްޑް’ ސީޒަން 4 ވަރަށް އަވަހަށް ނެޓްފްލިކްސްއިން ފެންނާނެ.”ކަމަށެވެ.
މިސީރީޒް އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި “ހަތަރުވަނަ ސީޒަނުގައި ފެންނާނީ އެންމެ ފަހު ފަހަރަށް ވަކިވި ކަމަށް ހީކުރި ދެމީހަކު އަލުން ބައްދަލުވުމުން ވާނެ ގޮތް. ޑިމްޕަލް އާއި ރިޝީ މިހާރު ވަނީ ބޮޑުވެ ބަދަލުވެ އަދި އެކި މަގުތައް އިޚްތިޔާރުކޮށްފަ. އެކަމަކު “ފިލްމު އަދި ނުނިމޭ އިނގޭ ރަހުމަތްތެރިޔާ!” (ޕިކްޗަރ އަބީހ ބާކީ ހޭ މެރޭ ދޯސްތު).
ތަރިންނާއި އުފެއްދި ޓީމު
“މިސްމެޗްޑު” ޑައިރެކްޓުކޮށްފައިވަނީ ދިވްޔަންގު ތައްކަރެވެ. ގަޒަލް ދާލީވާލް ކްރިއޭޓްކޮށްފައިވާ މި ސީޒަން ޕްރޮޑިއުސްކުރީ ރޮނީ ސްކްރޫވާލާއެވެ. ރޯހިތު ސަރަފް އަދި ޕްރަޖަކްތާ ކޯލީގެ އިތުރުން ދެން ފެނިގެންދާނީ، ވިދްޔާ މަލްވާޅޭ، ރަންވިޖޭ ސިންގް، އަހްސާސް ޗަންނާ، ތާރުކް ރައިނާ، މުސްކާން ޖާފަރީ އަދި އަބިނާވް ޝަރްމާއެވެ.
