ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެމީގެ ފަހު ޖާގަ ނޭޕާލް ޕޮލިހަށް
ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީ ލީގުގެ ނުވަވަނަ މެޗުން މޮޅުވެ ސެމީފައިނަލްގެ ފަހު ޖާގަ ނޭޕާލްގެ ނޭޕާލް ޕޮލިސް ކުލަބް ހޯދައިފިއެވެ.

ނުވަވަނަ މެޗްގައި ނޭޕާލް ޕޮލިސް ކުލަބާއި ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބް ވާދަ ކުރިއިރު، މިމެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ގުރޫޕް ބީގެ ދެވަނަ މަގާމާއިއެކު އެޓީމަކަށް ސެމީފައިނަލްގެ ފަހުޖާގަ ލިބޭނެއެވެ.

މިމެޗުން މޮޅުވެ ސެމީފައިނަލްގެ ޖާގަ ނޭޕާލް ޕޮލިސް ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ނޭޕާލް ޕޮލިސް ހޯދީ 25-19، 26-24 އަދި 25-16 އިންނެވެ.

މިމެޗުން ބަލިވެ ހުރާ ކޮމިއުނިޓީ ކުލަބު މުބާރާތުން ކެޓިއިރު، މިމުބާރާތުގައި ވާދަކުރި ދިވެހިރާއްޖޭގެ އަނެއް ޓީމު ކުލަބް ވެމްކޯ ވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބާއި ގުރޫޕް ބީގެ ދެވަނަ ހޯދި ނޭޕާލްގެ ނޭޕާލް ޕޮލިސް ކުލަބެވެ.

ސެމީފައިނަލްގެ ދެވަނަ މެޗްގައި މާދަމާރޭ ވާދަކުރާނީ ގުރޫޕް ބީގެ އެއްވަނަ ހޯދި އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top