ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާވާ ވިމެންސް ވޮލީ ލީގު ޗެންޕިއަންކަން ފޫލާދަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީލީގުގެ ޗެންޕިއަންކަން އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން ހޯދައިފިއެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވި، ފޫލާދު މުބާރަކާ ސެޕަހާން، މުބާރާތުގެ ޗެންޕިއަންކަން ހޯދީ ފައިނަލްގައި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ފޫލާދު މުބާރަކާ ސެޕަހާން ހޯދީ 25-22، 25-20 އަދި 25-20 އިންނެވެ.

ތިންވަނަ ނޭޕާލް ޕޮލިހަށް

އިއްޔެ ހަވީރު ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރީ ނޭޕާލް ޕޮލިސް ކުލަބާއި ހިރުދަރަމާނީ ސްޕޯޓްސް ކްލަބެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ނޭޕާލް ޕޮލިސް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. ވާދަވެރި ކުޅުމަކަށްފަހު 25-21 އިން ހިރުދަރަމާނީ ފުރަތަމަސެޓް ކާމިޔާބުކުރިއިރު ދެ ވަނަސެޓް ނޭޕާލް ޕޮލިސް ކާމިޔާބުކުރީ 25-12 އިންނެވެ. 25-16 އިން ތިންވަނަސެޓް ހޯދައި ނޭޕާލް ޕޮލިސް ތިންވަނައާ ގާތަށް ޖެހިލިއެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓް ފަސޭހަކަމާއެކު ހޯދި ނަމަވެސް ހަތަރު ވަނަ ސެޓް ހޯދުމުގައި ނޭޕާލް ޕޮލިހަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ކުރިން ތިން ސެޓަށްވުރެ ފޯރިގަދަވި މި ސެޓް ނޭޕާލް ޕޮލިސް ހޯދީ 25-22 އިންނެވެ.

މުބާރާތުގެ މަގާމްތައް:

ޗެންޕިއަންޓީމު: ފޫލާދް ބަރަކާ ސެޕަހާން (އީރާން)

ރަނައަޕްޓީމު: ޓުރާން ވޮލީބޯލް ކުލަބު (ކަޒްކްސްތާން)

ތިންވަނަޓީމު: ނޭޕާލް ޕޮލިސް ކުލަބު (ނޭޕާލް)

ބެސްޓް އައުޓްސައިޑް ހިޓަރ: ނޮވްސެލް އެންޑެލިކަރ  (ޓުރާން)

ބެސްޓް އައުޓްސައިޑް ހިޓަރ:  އުޝާ ބަންޑާރީ (ނޭޕާލް ޕޮލިސް)

ބެސްޓް މިޑްލް ބުލޮކަރ: ކަރީމީ ޒަހްރާ (ފުލާދު)

ބެސްޓް މިޑްލް ބުލޮކަރ: ސޮމެއިލެންކޯ އެލޭނާ (ޓުރާން)

ބެސްޓް ސެޓަރ: އަލިޙާނީ ސަބްނަމް (ފުލާދު)

ބެސްޓް އޮޕަސިޓް ޕްލޭޔާރ: ޕޫރްސާލިހް ޝާދެޝަރީ އެލާހޭ (ފުލާދް)

ބެސްޓް ލިބަރޯ: އަސެނޯވާ ސަންޑުގާސް (ޓުރާން)

މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ޕޫރްސާލިހް ޝާދެޝަރީ އެލާހޭ (ފުލާދް)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top