މިއީ ތަސައްވަރު ކުރެވޭނެ އެންމެ މަޑު، އޮމާން އަދި ރަހަ މީރު ގޮތަށް މޭޝްޑް ޕޮޓޭޓޯ ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ އެންމެ ފުރިހަމަ ރަހަފަތެވެ.
މި ގޮތަށް ތައްޔާރުކުރަންވީ ސަބަބު:
- ފިނި ފެނުގައި ކައްކަން ފެށުން: ފިނި ފެނުގައި އަލުވި ކައްކަން ފެށުމުން، އަލުވީގެ ބޭރު ފަށަލައާއި އެތެރެ އެއްވަރަކަށް މަޑުވެ، އޭގެ އޮމާންކަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
- ބަޓަރާއި ކްރީމް ހޫނުކުރުން: އަލުވިތަކުގެ ތެރެއަށް އެއްކުރުމުގެ ކުރިން ބަޓަރާއި ކްރީމް ހޫނުކޮށްލުމުން، އަލުވިތައް މާ ބޮޑަށް އޮމާންވެފައި މަޑުވާނެއެވެ.
- އަލުވި ޗިސްކުރާ އާލާތެއް ބޭނުންކުރުން: ‘ޕޮޓޭޓޯ މަޭޝަރ’ އެއް ބޭނުންކުރުމުން އަލުވިތައް މާ ބޮޑަށް ތަތްނުވެ، ލުއި އަދި ފުށްގަނޑެއްހެން ހުންނާނެއެވެ.
އަލުވި މޮޑުމުގައި ކޮންމެ މީހަކުވެސް ގެންގުޅޭނީ އެމީހަކަށް އެންމެ ކަމުދާ ގޮތެކެވެ. ބައެއް މީހުން ތޮށި ނުނަގާ އަލުވި ކައްކާއިރު، އަނެއްބަޔަކު އިތުރު ސްޓާޗް ހޯދުމަށްޓަކައި އަލުވި ކެއްކި ފެންފޮދެއްވެސް މޮޑޭއިރު ބޭނުންކުރެއެވެ. ނަމަވެސް، އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެންމެ މީރުކޮށް އަލުވި މޮޑުމަށްޓަކައި އެންމެ މުހިންމު ކަމަކީ ބޭނުންކުރާ އަލުވީގެ ބާވަތެވެ.
ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު:
- ތައްޔާރުކުރުމަށް: 10 މިނެޓު
- ކެއްކުމަށް: 25 މިނެޓު
- ޖުމްލަ ވަގުތު: 35 މިނެޓު
- ސާރވްކުރެވޭނެ މިންވަރު: 4 މީހުންނަށް
އިރުޝާދު: އަބަދުވެސް އަލުވި ކައްކަން ފަށާއިރު ފިނި ފެން ބޭނުންކުރާށެވެ. އޭރުން އަލުވިތައް ކެއްކޭނީ އެއްވަރަކަށެވެ. މި ރެސިޕީގައިވާ މިންވަރު ބޭނުންނަމަ ދެގުނަވެސް ކުރެވިދާނެއެވެ.
ބޭނުންވާނެ ތަކެތި:
🍳 680 ގްރާމް އަލުވި (ތޮށިމަށައި، ގާތްގަނޑަކަށް 1.5 އިންޗީގެ ބޮޑުމިނަށް ކޮށާފައި)
🍳 1 ސައިސަމުސާ ލޮނު (ދެބަޔަށް ބަހާލާފައި)
🍳 4 މޭޒުމަތީ ސަމުސާ ހެވީ ކްރީމް
🍳 2 މޭޒުމަތީ ސަމުސާ ބަޓަރު
🍳 1-4 މޭޒުމަތީ ސަމުސާ ކިރު (ބޭނުންވާ މިންވަރަކަށް)
🍳 ރަހަލާވަރަށް ލޮނާއި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
1- އަލުވި ކެއްކުން:
ކޮށާފައި ހުރި އަލުވިތައް މެދު ސައިޒުގެ ތަވާއަކަށް ނުވަތަ ތެއްޔަކަށް އަޅާށެވެ. އަލުވިތައް ފޮރުވޭވަރަށް (ގާތްގަނޑަކަށް އެއް އިންޗި މައްޗަށް) ފިނި ފެން އެޅުމަށްފަހު، ބައި ސައިސަމުސާ ލޮނު އޭގެ ތެރެއަށް އަޅާށެވެ. ގިނި ގަދަކޮށް ބަހައްޓައިގެން ފެން ކައްކާށެވެ. ފެން ކެކެން ފެށުމުން ގިނި މަޑުކޮށްލުމަށްފަހު، މަތިޖަހައިގެން 15 އާއި 20 މިނެޓު ވަންދެން ނުވަތަ އޫ ކޮއްޕާލުމުން ފަސޭހައިން ވަންނަވަރަށް މަޑުވަންދެން ކައްކާށެވެ.
2- ބަޓަރާއި ކްރީމް ހޫނުކުރުން:
އަލުވި ކެއްކެމުންދާއިރު، ބަޓަރާއި ކްރީމް އެއްކޮށްލުމަށްފަހު އުނދުންމަތީގައި ނުވަތަ މައިކްރޯވޭވްގައި ހޫނުކޮށްލާށެވެ.
3- ފެން ފުރޭނުމާއި އަލުވި މޮޑުން:
އަލުވި ކެއްކުމުން އޭގެ ފެންތައް އުކާލުމަށްފަހު، ހޫނުކޮށް ހުއްޓާ ބޮޑު ތައްޓަކަށް އަޅާށެވެ. އޭގެ މައްޗަށް ކުރިން ހޫނުކުރި ބަޓަރާއި ކްރީމް، އަދި ބާކީ ހުރި ބައި ސައިސަމުސާ ލޮނު އަޅާށެވެ. ‘ޕޮޓޭޓޯ މަޭޝަރ’ އެއް ބޭނުންކޮށްގެން އަލުވިތައް ރަނގަޅަށް ޗިސްކޮށްލާށެވެ. އެއަށްފަހު ވަރުގަދަ ސަމުސަލަކުން ރަނގަޅަށް ގަށާލާށެވެ. ބޭނުންވާ ވަރަށް ކިރު އަޅަމުން، އޮމާންވަންދެން ގަށާށެވެ. ނަމަވެސް މާ ގިނައިރު ވަންދެން ގަށައިފިނަމަ އަލުވިތައް ތަތްވާނެކަމަށް ސަމާލުވާށެވެ.
ހެޔޮވަރު ވަރަށް ލޮނާއި އަސޭމިރުސް އަޅަން ހަނދާންކުރަންްވާނެއެވެ.
ކާނާގެ ބައިތައް (ކޮންމެ މީހަކަށް):
- 265 ކެލޮރީ
- 12 ގްރާމް ފެޓް
- 37 ގްރާމް ކާބޯހައިޑްރޭޓްސް
- 5 ގްރާމް ޕްރޮޓީން
