ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯލްޑަންގެ ރަސްކަމަށް ނާވައިދޫ. ކިންގަކީ ޔާންޓޭ!
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް 2026ގެ ރަސްކަން ނާވައިދޫ ހޯދައިފިއެވެ. މިރޭ ކުޅުނު ފައިނަލްގައި ނާވައިދޫއާ ވާދަކުރީ ދެއްވަދޫ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ނާވައިދޫ ކާމިޔާބުކުރީ 9-3 އިންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ ސިކުންތުގައި ދެއްވަދޫން ޖަހާފައިވަނިކޮށް ނާވައިދޫން ހަމަހަމަ ކުރީ 5 ވަނަ މިނިޓްގައެވެ. 14 ވަނަ މިނިޓްގައި ނާވައިދޫން ލީޑު ނެގިއިރު ނަތީޖާ ފުޅާކުރީ 16 ވަނަ މިނިޓްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާވައިދޫން ވަނީ އެޓީމުގެ 4 ވަނަ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގެ 8 ވަނަ މިނިޓްގައި ދެއްވަދޫން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް 12 ވަނަ މިނިޓްގައި އަނެއްކާ ވެސް ފެނުނީ ނާވައިދޫގެ ލަނޑެކެވެ. 5 ވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ނާވައިދޫން 6 ވަނަ ލަނޑު ޖެހިއެވެ. 16 ވަނަ މިނިޓްގައި ދެއްވަދޫން 3 ވަނަ ލަނޑު ޖެހިއިރު މެޗް ނިމުމުގެ ކުރިން ނާވައިދޫން އިތުރު 3 ލަނޑު ޖެހިއެވެ.

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިދިޔަ އަހަރު މުބާރާތުގެ ދެވަނަ ހޯދި ނާވައިދޫން މިއަހަރު ޗެންޕިއަންކަން ހޯދުމާއިއެކު، ޗެންޕިއަން ރަށުގެ ލިސްޓަށް އައު ރަށެއް އިތުރުވީއެވެ.

މުބާރާތުގެ މަގާމްތައް ހޯދި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާވައިދޫ ޓީމުގެ ކެޕްޓަން ޔާމީން މުހައްމަދުއެވެ. މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނާވައިދޫ ޔާމީން މުހައްމަދާއި، އަހްމަދު ހަމީދުގެ އިތުރުން މަތިވެރީ އަލީ އަލްސަން އާއި ދެއްވަދޫ އަލީ ހައިސަމް އަދި ދުވާފަރު މުހައްމަދު އިސާމްއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ތިމަރަފުށީ ސައިފް އަލީ ހޮވުނުއިރު، މުބާރާތުގެ އެންމެމޮޅު ކީޕަރަކީ އޭދަފުށީ އަބްދު ﷲ ނާސިހްއެވެ. އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ކަނޑިތީމު ރައުލް ނިޔާޒަށް ލިބުނުއިރު، އެންމެމޮޅު ކޯޗަކީ ނާވައިދޫ ކޯޗް މުހައްމަދު ނާސިދުއެވެ.

މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް ކ.ގާފަރު ހޮވުނުއިރު، މުބާރާތުގެ ބެސްޓް ސަޕޯޓިންގ ޓީމަކީ ނައިވާދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top