ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްފަތުގެ “ނިޢުމަތު ޖަންނަތު” މި ރަމަޟާން މަހު!

ހިތްގައިމު ލަވަތަކެއް އަދި މަދަހަތަކެއް ހުށައަޅައިދެމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު މަދަހައެއް މި ރަމަޟާން މަހު ނެރެން ތައްޔާރުވެއްޖެއެވެ. “ނިޢުމަތުގެ ޖަންނަތު”ގެ ނަމުގައި ނެރޭ މި މަދަހައަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ނެރޭ މަދަހައެކެވެ.

ރިއްފަތުގެ އަޑުން އިވިގެންދާނެ މި މަދަހައިގެ ޅެން ހަދާފައިވަނީ ޅ. ކުރެންދޫ ޒާހިދާ ޢަބްދުއްރަޙްމާން އެވެ. ރެކޯޑިން ހެދީ ކޮއްކޮ އެވެ. ވީޑިއޯ މަސައްކަތްކޮށްފައިވަނީ މަނިކް އާޓްސް އިންނެވެ.

ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކޮށް ގެނެސްދޭ މި މަދަހަ، ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން ދެއްކުމަށް ހަމަޖެހިފައިވެއެވެ.

މިއީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރިއްފަތުގެ މަދަހައެއް އިވިގެންދާނެ މަދަހައެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top