ޕާކިސްތާން ޑްރާމާ ސިލްސިލާ “ތުމް ލަރްކޭ ބީ ނާ” މިރޭ ދައްކަން ފަށާނެއެވެ.
އައިނާ އާސިފް އާއި އަލީ ދައްޔާން އިސް ރޯލުތަކުން ފެނިގެންދާ “ތުމް ލަރްކޭ ބީ ނާ” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޔާސިރް ނަވާޒް، ވަޒީނާ އަހްމަދު، ސާމީ ޚާން، އަނޫޝީ އައްބާސީ، ފާއިޒާ ހަސަން، އީމާން ސައީދު، އަމްނާ މާލިކް، އަދުނާން ޖަފަރް އަދި އަބީދު އަލީ ފަދަ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނެއެވެ.
އަދުގެ ޒުވާން ޖީލުގެ ތެރޭގައި ޚާއްސަކޮށް “ޖެން ޒީ”ގެ ތެރޭގައި ލޯތްބާއިމެދު ދެކޭގޮތާއި، ލޯބީގެ ކަންކަން ހިނގާ ގޮތާއި، ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިންގެ ތެރޭގައި ހިނގާ ކޫސަނި ޒުވާބުތައް މަޖާ ގޮތަކަށް ގެނެސްދޭ “ތުމް ލަރްކޭ ބީ ނާ” އަކީ ފަސީހް ބާރީ ޚާން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ޔާސިރް ނަވާޒް ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.
މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކުރާ މި ޑްރާމާ މި ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ރޭ 7:00 ގައި ހަމް ޓީވީއިން ދައްކާގޮތަށް ވަނީ ނިންމާފައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
