ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރެޒިލްގެ ފުޓްބޯޅަތަރި ކެތެލެން ސޫސާ އިސްލާމްވެއްޖެ!

ބުރެޒިލްގެ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ މަސްހޫރު ޑިފެންޑަރ ކެތެލެން ސޫސާ އިސްލާމްވެއްޖެއެވެ. ސައުދީއަރަބިޔާގެ އަލްނަސްރުގެ އަންހެންޓީމަށް މިހާރު ކުޅެމުންދާ ކެތެލެން ސޫސާއަކީ އަލްނަސްރުގެ ކެޕްޓަނެވެ. ބުރެޒިލްގެ އަންހެންޓީމާއިއެކު 2022 ވަނަ އަހަރުގެ ކޮޕާއެމެރިކާ ފެމެނީނާ ކާމިޔާބު ކުރުމުގައި އިސްދައުރެއް އަދާކޮށްފައިވާ ކެތެލެން ސޫސާއަކީ ސައުދީގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ އެއް ކުޅުންތެރިޔާއެވެ.

އުމުރުން 29 އަހަރުގެ ކެތެލެން ސޫސާ އިސްލާމްވިކަން އަލްނަސްރުން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ 15 ފެބްރުވަރީ 2026 ދުވަހުއެވެ. މިއުފާވެރި ވަގުތާއި ގުޅުވައި އަލްނަސްރުން ވަނީ ހާއްސަ އިހްތިފާލެއް ބާއްވައި ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އިސްލާމްދީން ގަބޫލުކުރި ކުރުމާއި ގުޅިގެން ވާހަކަ ދައްކަމުން ކެތެލެން ސޫސާ ބުނެފައިވާ ގޮތުގައި ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިސްލާމް ވުމުގެ ނަސީބު ލިބުމުން އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ.

“މިއީ ޙަޤީޤީ ތެދުމަގު ހޯދުމަށާއި، އަމިއްލަ ނަފްސު އިޞްލާޙުކޮށް ރަނގަޅު އިންސާނަކަށް ވުމަށް އަހަރެން ކުރަމުންދިޔަ ދަތުރުގެ ނަތީޖާ” ކެތެލެން ސޫސާ އިތުރަށް ބުނެފައިވެއެވެ.

ފްރާންސްގެ ބޯޑޯ، އިޓަލީގެ އިންޓަ މިލާން، ސްޕެއިންގެ ރެއާލް މެޑްރިޑް ފަދަ ކުލަބުތަކަށް ކުޅެފައިވާ ކެތެލެން ސޫސާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަރިއެކެވެ.

ކެތެލެން ސޫސާ އަލްނަސްރާއި ގުޅުނީ 2024 ވަނަ އަހަރު ޖުލައިމަހު ތެރޭގައެވެ.

ކެތެލެން ސޫސާ އިސްލާމްވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އޭނާއަށް މަރުހަބާ ކިޔައި ހެޔޮ އެދުންތައް ރައްދު ކުރަމުންނެވެ.

ހިޖާބު އަޅައިގެން މައްކާގެ މަސްޖިދުލް ހަރާމްގައި ހުރި ފޮޓޯތަކެއް އާންމުކޮށް ކެތެލެން ސޫސާ ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ ހުރީ ހިދާޔަތުގެ ތެދުމަގު އިހްތިޔާރު ކޮށްގެންނެވެ. އަދި ދިރިއުޅުމަށް މި އަންނަ ބަދަލުގެ އަގު ވަޒަންކޮށްގެންނެވ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top