ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފުޓުބޯޅައިގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަންއެވެ.
ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) ގެ ދެ ކޮމެޓީއަކަށް ދެ ދިވެހިން އިންތިހާބުވެއްޖެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގެ ދުވަސްވަރު އެފްއޭއެމް ހިންގުމުގައި ހަރަކާތްތެރި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއިލް ސިމާންއަށް ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމާއި ސާފްގެ އިންތިހާބީ ކޮމިޓީގެ މެންބަރުކަން ވަނީ ލިބިފައެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި، އަދި މެޗް ކޮމިޝަނަރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އަބްދުލް ހަމީދު އަބްދުލް ގަފޫރު ވަނީ ސާފްގެ އިސްތިއުނާފް ކޮމެޓީގެ މެންބަރު ކަމަށް އިންތިހާބު ވެފައެވެ.
މިކޮމިޓީތަކުގެ މުއްދަތަކީ ހަތަރު އަހަރެވެ. މިކޮމެޓީތަކުގެ މުއްދަތު ހަމަވާނީ 30 ޖަނަވަރީ 2030 އަށެވެ.
