ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލީ ފުޓްސަލް ޗެލެންޖް ގްރޫޕް އޭ އަދި ގުރޫޕް ބީ އެއްވަނައިގައި ހުޅަނގު މެދު އަދި ހުޅަނގު ދެކުނު

މިހާރު ނ. ހޮޅުދޫ ގައި ކުރިޔަށް ގެންދާ އެއް މުބާރާތް ކަމަށް ވާ ވިލީ ފުޓްސަލް ޗެލެންޖްގެ ރޭ ކުޅެވުނު ފުރަތަމަ މެޗް އިން އިރު މެދު މޮޅުވެއްޖެއެވެ. 12-3 ލަނޑުން އިރު މެދު މޮޅުވެފައިވާއިރު ގްރޫޕް އޭގެ 1 ވަނާގައި އޮތީ އިރުމެދު އެވެ. އެއީ 4 ޕޮއިންޓާ އެކުގައެވެ. ގްރޫޕް އޭ 2 ވަނަގައި އޮތީ ހުޅަނގު މެދެވެ. އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕް އޭގެ އެންމެ ފުލުގައި އޮތީ ހުޅަނގު އުތުރެވެ.

މޮޅު ކުޅުމެއް ދެ ޓީމުން ވެސް ފެނިގެން ދިޔައިރުއިރު މެދުން ވަނީ 12 ގޯލް ޖަހާ މޮޅު ވެފައެވެ. ހުޅަނގު އުތުރު ވަނީ 3 ލަޑު ޖަހާފައެވެ.

އޭގެ ތެރޭގައި އިރު މެދު ގޯލްތައް މޮޅުކޮށްދީފައި ވަނީ  އާއިދުގެ 5 ގޯލައާއި މަހުފޫޒްގެ 3 ގޯލް، އަލްސަންގެ 3 ގޯލް އަދި ސާއިޙްގެ 1 ގޯލް އިންނެވެ. ހުޅަނގު އުތުރުން ރައުލްގެ 3 ގޯލް އާއެކު ރައުލް ވަނީ ހެޓްރިކެއް ހަދާފައެވެ.

އިރު ދެކުނަކީ ގްރޫޕް ބީގެ ތާވަލުގައި 2 ވަނައިގައި 3 ޕޮއިންޓާ އެކު އޮތް އެއް ޓީމެވެ.  ހުޅަނގު ދެކުނު 1 ވަނައިގައި އޮތީ 6 ޕޮއިންޓާ އެކުގައެވެ. އިރު ދެކުނު އޮތީ ގުރޫޕް ބީގެ 3 ވަނައިގައި 0 ޕޮއިންޓާ އެކުގައެވެ.

އިރު އުތުރާއި އިރު ދެކުނު ވާދަ ކުރިއިރު 6 ގޯލާ އެކު ވަނީ އިރު ދެކުނު މޮޅު ވެފައެވެ. އިރު އުތުރު ވަނީ 4 ގޯލް ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މޮޅު ކުޅުމެއް 2 ޓީމުން ފެނިގެން ދިޔައިރު، އިރު ދެކުނު ޓީމުން 6 ގޯލް ޖަހާ މޮޅުކޮށްދީފައިވާ ކުޅުންތެރިންނަކީ ވަދޫދު 1 ގޯލް އާއި ހާތިމްގެ 3 ގޯލް އަދި ހާޒިމްގެ 2 ގޯލެވެ. އިރު އުތުރުން ގޯލް ޖަހާފައި ވަނީ އިބްރާހިމް ވިޝާމް 3 ގޯލް އާއި އަސީލްގެ 1 ގޯލްއެވެ. މެޗް ނިމިގެން ދިޔައިރު އިރު ދެކުނު ވަނީ މޮޅުވެ ގުރޫޕް ބީގެ 1 އަށް އަރާފައެވެ.

ސެމީ ފައިނަލްގައި ވާދަ ކުރަނީ ކޮން ބައެއް؟

މިޔޮތީ އަނެއްކާ ވެސް އުފާވެރި ކަމެކެވެ. މިރޭ 2 މެޗެއް ކުޅެވިގެން ދާއިރު މިރޭ ސެމީ ފައިނަލް މެޗް ކުޅެވިގެން ދާއިރު ފުރަތަމަ ސެމީ ފައިނަލް މެޗް ގައި ކުޅެވެނީ އިރު ދެކުނު ޓީމާއި ހުޅަނގު ދެކުނު އެވެ. މިރޭ ކުޅޭ 2 ވަނަ މެޗް ގައި ވާދަ ކުރާނީ ހުޅަނގު މެދު  ޓީމާއި އިރު ދެކުނެއެވެ.

މިއީ ވިލީ ތަކުގެ މެދުގައި ވާދަވެރި ކަން ރެޔަކަށް ވުރެން ރެޔެއް ފޯރި ގަދަ ކަން ވެސް ފާހަގަ ކުރެވިގެން ދެއެވެ. ސަޕޯޓަރުންގެ ފަރާތުން ވެސް އެތަކެއް ފޯރި އެއް ދެމުން ދާ ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top