ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލީ ފުޓްސަލް ޖެލެންޖުގެ ތަށި “އިރު މެދު” އުފުލާލައިފި

މޫސަ އެކަޑަމީން އިންތިޒާމުކޮށްގެން ނ. ހޮޅުދޫގައި ކުރިއަށްގެންދިޔަވިލީ ފުޓްސަލް ޗެލެންޖްގެ ފޯރިގަދަ ފައިނަލް މެޗުގައިހުޅަނގު މެދު” ބަލިކޮށް، މުބާރާތުގެ ތަށިއިރު މެދު” ޓީމުންކާމިޔާބުކޮށްފިއެވެ.

ރޭ ކުޅެވުނު މި ފައިނަލް މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ކަމަށްވާހުޅަނގު މެދު” އަދިއިރު މެދު” އެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ހަލުވި ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައިއިރު މެދު” ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، އިތުރު ދެ ލަނޑު ކާމިޔާބުކޮށްގެން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.

މި މެޗުގައިއިރު މެދު” ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިދު އާއި މަހުފޫޒްގެ އިތުރުން އަލްސަން އެވެ. އަލްސަން ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. “ހުޅަނގު މެދު” ޓީމުންޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުނައިފް އާއި ތޯއިފް އެވެ. މި އަހަރު ގެ ފުޓްސަލް  ޗެލެންޖްގެ ރަސްގެފާނަށް ނުވަތަ މޭންސް އޮފް ދަ ކިންގަށް ހޮފިވައި ވަނީ “އިރު މެދު” ޓީމަށް ކުޅެމުން އަންނަ އަލްސަން އެވެ.

ރެޔަކީ އަނެއްކާ ވެސް ހޮޅުދޫ ވިލީ ފުޓްސަލް ޗެލެންޖަށް ތާރީޙީ ރެއެކެވެ. އެއީ  މިދިޔަ އަހަރުގައި ވެސް ވާދަ ކުރި 2 ޓީމް މިފަހަރު ވެސް ބައްދަލު ކުރާ ފަހަރެވެ.

ހޮޅުދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މި މުބާރާތަކީ އެ ރަށުގެ ފުޓްސަލް ހުނަރު ކުރިއެރުވުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މޫސަ އެކަޑަމީން ކުރިއަށްގެންދިޔަ ކާމިޔާބު މުބާރާތެކެވެ. މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންޓީމަށާއި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމާއި ތަށިހަވާލުކޮށްފައެވެ .

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top