ހަންޏާމީދޫ އެކުވެރިންގެ ދިރުން (އެޗް.އީ.ޑީ) ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ އެޗް.އީ.ޑީ ވެޓަރަންސް ކަޕް ފަސްވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްއީޑީން މަޢުލޫމާތު ދެއްވި ގޮތުގައި ފިތުރު ޢީދު ދުވަހާއި ފިތުރު އީދު ދުވަހުގެރޭ ބާއްވާ މިމުބާރާތަކީ 35 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވާ “އެޗްއީޑީ ވެޓަރަންސް ކަޕް 1447” އެވެ. މިމުބާރާތުގެ ބައިވެރި ވެވޭނީ ހަންޏާމީދުއަށް ނިސްބަތްވާ ޓީމުތަކަށެވެ. އަދި މި ޓީމުތަކަށް ކުޅެވޭނީ ހަންޏާމީދޫ ރައްވެހިންނާއި ހަންޏާމީދޫ ރައްވެހިންގެ ފިރިންނާއި ދަރިންނަށެވެ.
ޓީމު ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ 10 މާރޗް 2026 ދުވަހުގެ ރޭ 21:00 އާ ހަމައަށެވެ.
މެދުނުކެނޑި ހަތަރު އަހަރު މިމުބާރާތް ބާއްވާފައިވާއިރު ފުރަތަމަ އަހަރުގެ ޗެމްޕިއަންއަކީ “ޓީމު ނުގުޑާނެ” އެވެ. އޭގެފަހުން ތިންއަހަރު ތަށި ހޯދައި “ދަ ވެޓަރަންސް” ވަނީ މުބާރާތުގެ ތަށި މިލްކޮށްފައެވެ.
މި މުބާރާތް ސްޕޮންސަރކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

