ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުއްރިއްޔާ ބަލިކޮށް ޕޮލިސް ގުރޫޕްގެ އެއްވަނައަށް

އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މިއަދު ބައްދަލުކުރީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބެވެ. 3-0 އިން ހުއްރިއްޔާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއިއެކު 7 ޕޮއިންޓް ހަމަކޮށް ޕޮލިސް ކުލަބު ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މިއަދުގެ މެޗުގައި ޕޮލިސް ކުލަބުން ޖެހި ފުރަތަމަ ލަނޑު ޖެހީ 53 ވަނަ މިނެޓުގައި އަލީ ރިޝްވާންއެވެ. ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ ޕޮލިސް ކުލަބުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 54 ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ އަހުމަދު ޝާން އެވެ.

ލަނޑު ޖަހާނެ ފުރުސަތު ހުއްރިއްޔާއަށް ވެސް ލިބި ބޭނުން ނުކުރެވުނު މި ހާފުގައި، ދެން ވެސް ފެނުނީ ޕޮލިސް ކުލަބުގެ ލަނޑެކެވެ. އިތުރު ވަގުތުގައި ޕޮލިސް ކުލަބަށް މި ލަނޑު ޖަހައިދިނީ ނިޝާދު އަލީ އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ހުޅުމާލޭ ވެޓަރަންސް އާއި ބުރު ސްޕޯޓްސްއެވެ.

މިވެސް ކިޔާލަން:  ބުރު ކޮޅަށް 13 ލަނޑު ޖަހައި ހުޅުމާލޭ ވެޓެރަންސް ގުރޫޕްގެ އެއްވަނައަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top