ފަސޭހަ ޗޮކްލެޓް ކަދުރު ރޯލް މިއީ ބަލައިލަން ރީތި، ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، ކައްކަން ނުޖެހޭ ފޮނިކެއުމެކެވެ.
ބޭނުންވާނެ ތަކެތި:
2 ތަށި އޮށްނެތް ކަދުރު
½ ތަށި މުގުރި ބިސްކޯދު
½ ތަށި ހިކި ކާށި ހުނި
2 ސައިސަމުސާ ކޮކޯ ޕައުޑަރު (ބޭނުންނަމަ)
2 ސައިސަމުސާ ބަޓަރު
¼ ތަށި ކޮށާފައި ހުރި ކަނަމަދު ނުވަތަ ކަޖޫނަޓް
ހޭދަވާނެ ވަގުތު: 20-25 މިނެޓު
އަދަދު: 6-8 މީހުންނަށް
ތައްޔާރުކުރާނެ ގޮތް:
– މަޑު ގިނީގައި ތަވައަކަށް ބަޓަރުކޮޅު އަޅައި ދިޔާކޮށްލާށެވެ.
– ކަދުރުތައް އަޅައި، މަޑުވެ ތަތްލަވާ ވަރަށް ޗިސްކޮށްލާށެވެ.
– މުގުރި ބިސްކޯދާއި، ކޮކޯ ޕައުޑަރު އަދި ނަޓްސްކޮޅު އަޅައި އެއްކޮށްލާށެވެ.
– ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން އުނދުުންމަތިން ބާލާށެވެ.
– ކުޑަކޮށް ހިހޫވުމުން، ދިގުކޮށް (ރޯލެއްގެ ބައްޓަމަށް) ގެނެސް، އޭގެ ބޭރުގައި ކާށި ހުނި އުނގުޅާށެވެ.
– 30 މިނެޓު ވަންދެން ފިނިކުރަން ބެހެއްޓުމަށްފަހު، ބޮޅުބޮޅަށް ކޮށައިގެން ސުފުރާމައްޗަށް ނެރޭށެވެ.
ފައިދާ:
ރޯދައަށް ހުރެފައި ވަގުތުން ހަކަތަ ލިއްބައިދޭ.
ފައިބަރުން މުއްސަނދިވުން.
މާގިނައިން ހަކުރު ބޭނުންނުކޮށް، ގުދުރަތީ ފޮނިކަން ލިބިދޭ.
