ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
މި ހަފުތާގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ހޮލީވުޑްގެ 4 ފިލްމެއްގެ ތަފުސީލު
ފޮޓޯ: "ރިމައިންޑަރސް އޮފް ހިމް" އަދި "އަންޑަރޓޯން": ޔުނިވާސަލް ޕިކްޗަރސް އާއި އޭ 24

މި ހަފުތާގައި (2026 މާރިޗު 9 އިން 15 އަށް) ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ހޮލީވުޑްގެ 4 ފިލްމެއްގެ ތަފުސީލު ތިރީގައި އެވަނީއެވެ.

މި ހަފުތާއަކީ އިނގިރޭސި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ޝައުގުވެރި ހަފުތާއެކެވެ. މަޝްހޫރު ލިޔުންތެރިޔާ ކޮލީން ހޫވާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކާއި، ބިރުވެރި އަދި ތްރިލާ ފިލްމުތަކެއް މި ހަފުތާގައި ރިލީޒްކުރާނެއެވެ.

1- ދަ އޮޕްޓިމިސްޓް (The Optimist: The Bravest Act Is Truth)

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުން ފެނިގެންދަނީ، ނޮދަން ކެލިފޯނިއާގައި ކުޅޭ އެއްޗެހި ވިއްކާ ފިހާރައެއް ހިންގާ ހާބަޓް ހެލާގެ ވާހަކައެވެ. އޭނާއަކީ ދުވާލު އާދައިގެ ދިރިއުޅުމެއް އުޅުނު ނަމަވެސް، ރޭގަނޑުގެ ވަގުތުތަކުގައި “ހޮލޯކޯސްޓް” ނުވަތަ ޔަހޫދީން ގަތުލުއާންމު ކުރި ދުވަސްވަރުގެ ބިރުވެރި ހަނދާންތައް ސިއްރުކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް، ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ތަހައްމަލު ކުރަން ޖެހުމާއި، ކުޑަ އަންހެން ކުއްޖަކާ ދިމާވުމުން، “ތެރެސިއެންސްޓަޑް” އަދި “އައުޝްވިޓްޒް” ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި އޭނާ ތަހައްމަލުކުރި ކަންތައްތަކުގެ ސިއްރުތައް ހިއްސާކުރަން ފަށައެވެ.

* ތަރިން: ސްޓީވަން ލޭންގް، އެލްސީ ފިޝާ، ލޫކް ޑޭވިޑް ބްލަމް

* ޑައިރެކްޓަރު: ފިން ޓޭލާ

* ބަސް: އިނގިރޭސި

* ބާވަތް: ޑްރާމާ

* ރިލީޒްކުރާ ތާރީޚު: 11 މާރިޗު 2026

2- ރިމައިންޑާސް އޮފް ހިމް (Reminders of Him)

މިއީ 2022 ވަނަ އަހަރު ކޮލީން ހޫވާ ނެރުނު މަޝްހޫރު ވާހަކަ “ރިމައިންޑާސް އޮފް ހިމް”ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އެނބުރެނީ ކެނާ ރޯވަން ކިޔާ އަންހެނެއްގެ ވަށައިގެންނެވެ. އޭނާގެ ލޯބިވެރިޔާ ސްކޮޓީ ލޭންޑްރީ މަރުވި އެކްސިޑެންޓާ ގުޅިގެން ހަތް އަހަރު ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު، އެނބުރި އައުމުން ކުރީގެ އެންއެފްއެލް ކުޅުންތެރިއެއް އަދި ބާ އެއް ހިންގާ ލެޖާ ވާޑްއާ ދިމާވެ، ދެމީހުންގެ ދެމެދުގައި ޚާއްޞަ ގުޅުމެއް އުފެދެއެވެ.

* ތަރިން: މައިކާ މޮންރޯ، ޓައިރިކް ވިދާސް، ރޫޑީ ޕަންކޯ، ލައިނީ ވިލްސަން، ލޯރެން ގްރަހަމް، ބްރެޑްލީ ވިޓްފޯޑް

* ޑައިރެކްޓަރު: ވެނެސާ ކެސްވިލް

* ބަސް: އިނގިރޭސި

* ބާވަތް: ރޮމޭންސް، ޑްރާމާ

* ރިލީޒްކުރާ ތާރީޚު: 13 މާރިޗު 2026

3- ސްލާންޓެޑް (Slanted)

ޗައިނާ ދަރިކޮޅުގެ އެމެރިކާ ކުއްޖަކު، އޭނާގެ އެކުވެރިންނާ އެއްގޮތްވުމަށްޓަކައި ސާޖަރީއެއް ހަދައި އޭނާގެ ސިފައަށް ބަދަލުތަކެއް ގެނެއެވެ. މިއީ އޭނާގެ ހައިސްކޫލް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކަމެކެވެ. އޭނާގެ އުންމީދަކީ މި ބަދަލާއެކު “ޕްރޮމް ކުއީން”ގެ ލަގަބު ހޯދުމެވެ. ނަމަވެސް ކަންތައްތައް ރޭވި ގޮތާ ޚިލާފަށް ބަދަލުވެގެންދާއިރު، އޭނާއަށް ހީވެސްނުކުރާ ފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހެއެވެ.

* ތަރިން: ޝާލީ ޗެން، ފަންގް ޑޫ، މެކެނާ ގްރޭސް، މައިތުރެއީ ރާމަކްރިޝްނަން، އަމެލީ ޒިލްބާ

* ޑައިރެކްޓަރު: އެމީ ވަންގް

* ބަސް: އިނގިރޭސި

* ބާވަތް: ބޮޑީ ހޮރޯ، ކޮމެޑީ

* ރިލީޒްކުރާ ތާރީޚު: 13 މާރިޗު 2026

4- އަންޑަޓޯން (Undertone)

އީވީ އަދި ޖަސްޓިން އަކީ ކާރިސާ ތަކާއި ރޫހާނީ ކަންތައްތަކާ ބެހޭ ޕޮޑްކާސްޓެއް ހިންގާ ދެމީހުންނެވެ. އީވީއަކީ މިފަދަ ކަންކަމަށް ގަބޫލުކުރާ މީހަކަށް ނުވިޔަސް، ދެމަފިރިއަކު އެމީހުންގެ ގޭތެރެއިން އިވޭ އާދަޔާޚިލާފު އަޑުތަކެއްގެ ވާހަކަ ހިއްސާކުރުމުން އެކަމާ މެދު ސަމާލުކަން ދެއެވެ. ބަލި މަންމައަށް އަޅާލުމުގައި ވަގުތު ހޭދަކުރަމުންދާ އީވީއަށް، އޭނާ ހީކުރި ވަރަށްވުރެ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހެއެވެ.

* ތަރިން: ނީނާ ކިރީ، އެޑަމް ޑިމާކޯ، ކިއާނާ ލިން ބަސްޓިޑާސް

* ޑައިރެކްޓަރު: އިއަން ޓުއާސަން

* ބަސް: އިނގިރޭސި

* ބާވަތް: ހޮރޯ (ބިރުވެރި)

* ރިލީޒްކުރާ ތާރީޚު: 13 މާރިޗު 2026

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top