ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮކްޓެއިލް 2 ” ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފި

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ކޮކްޓެއިލް 2” ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

ޝާހިދު ކަޕޫރާއެކު ލީޑުން ކްރިތީ ސަނަން އާއި ރަޝްމިކާ މަދަންނާ ފެނިގެންދާ “ކޮކްޓެއިލް 2” އަކީ 2012 ވަނަ އަހަރު ސައިފް ޢަލީ ޚާން، ދީޕިކާ ޕަޑުކޯން އަދި ޑަޔާނާ ޕެންޓީއާއެކު ގެނެސްދިން “ކޮކްޓެއިލް” ގެ ސީކުއެލްއެކެވެ.

ތިނެސްކަން ލޯބީގެ ހާދިސާތަކެއް ފެނިގެންދާ މި ރޮމޭންޓިކް ކޮމެޑީގެ ފަސްޓް ލުކް ޓީޒަރ އަންނަ ބުދަ ދުވަހު ރިލީޒްކުރާ “ދުރަންދަރް: ދަ ރިވެންޖް” އާއެކު ސިނަމާތަކުގައި އާންމުކުރަން ނިންމާފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ލަވް ރަންޖަންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ކޮކްޓެއިލް 2” ޑައިރެކްޓްކުރީ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި ހޯމީ އަދަޖާނިއާއެވެ. ޕްރޮޑިއުސްކުރީ މެޑޮކް ފިލްމްސްގެ ކުޑައިގެ ދަށުން ދިނޭޝް ވިޖަންއެވެ.

މިވެސް ކިޔާލަން:  "ބައްޗަން ޕާންޑޭ" ގެ ޝޫޓިންގ ޖެނުއަރީގައި؟
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top