ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘މާމުއި’ އެޅުވުން ޑާކްރެއިންގެ ރަސްމީ ތާރީޚް އޭޕްރީލް ފަހަކަށް

މިވަގުތު ރާއްޖޭގައި ފިލްމު އުފެއްދުމުގައި އެންމެ އުހުގައި އުޅޭ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ކުރިއަށް ހުރި ފިލުމުތަކުން ފިލްމު ‘މާމުއި’ ޑާކްރެއިންގެ ގިނަ ފިލްމުތައް ނެރޭ އޭޕްރީލް މަހަށް ޝެޑިއުލްކޮށްފި އެވެ. އެގޮތުން ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު “މާމުއި” އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް މިހާރުވަނީ ހަމަޖައްސައި އިއުލާނުކޮށްފަ އެވެ.

އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ މި ފިލްމަކީ ‘ތަފާތު ފިލްމެއް’ގެ ގޮތުގައި އެ ސްޓޫޑިއޯއިން ވަނީ މީސްމީޑިއާގައި އިޝްތިހާރުކުރަން ފަށާފައއެވެ.

‘މާމުއި’ ގެ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް އެވެ.

ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top