ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކަނޑުމަސް ސެލަޑް – މުނިއަވަސް ރަހަފަތް

ދިވެހީންގެ އެންމެ މީރު އެއް ކާނާ ކަަމަވާ ކަނޑުމަހުން ދެތިން ވައްތަރެއްގެ ސެލަޑް ތައްޔާރުކުރާނެ ގޮތްތައް މިއަދުގެ ރަހަފަތުގައި ގެނެސްދޭނަމެވެ.

🐟 ކަނޑުމަސް ސެލަޑް (ކްލެސިކް ވާޝަން)

މިއީ ކަނޑުމަސް ސެލަޑް ތައްޔާރުކުރާނެ އެންމެ އާދައިގެ އަދި އެންމެ މަގުބޫލު ގޮތެވެ. ސެލެރީ އާއި ރަތް ފިޔާގެ ސަބަބުން މި ސެލަޑަށް ތަފާތު މީރުކަމެއް ލިބިގެންދެއެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 15 މިނެޓު

🍲 ލިބޭ މިންވަރު: 3 – 4 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 6 އައުންސުގެ 2 ދަޅު ކަނޑުމަސް (ފެންމަސް)، ފެންފޮދު ހުސްކޮށްފައި

🍳 2 ސައިސަމުސާ ކުދިކޮށް ކޮށާފައިވާ ސެލެރީ

🍳 2 ސައިސަމުސާ ކުދިކޮށް ކޮށާފައިވާ ރަތް ފިޔާ (ފިނި ފެނުގައި 5 މިނެޓު ބެހެއްޓުމަށްފަހު ފެން ހުސްކޮށްފައި)

🍳 1 ސައިސަމުސާ ކުދިކޮށް ކޮށާފައިވާ ޕާސްލީ

🍳 1/3 ޖޯޑު މެޔޮނައިޒް

🍳 1 ސައިސަމުސާ މަސްޓަަޑް (ހޯލް ގްރެއިން)

🍳 މުގުރި އަސޭމިރުސް (ރަހަލާވަރަށް)

🍳 ލުނބޯ ހުތް (ބޭނުންނަމަ)

♨️ ތައްޔާރުކުރާނެ ގޮތް:
ކުޑަ ބޯތަށްޓެއްގައި މަސްދަޅުތައް އުލަކުން ރަނގަޅަށް ހިމުންކޮށްލާށެވެ. އެއަށްފަހު ސެލެރީ، ފިޔާ އަދި ޕާސްލީ އެއްކޮށްލާށެވެ. ދެން މެޔޮނައިޒް، މަސްޓަޑް އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންނަމަ ރަހަ މީރުކުރުމަށް ކުޑަ ލުނބޯ ހުތްފޮދެއް އެއްކޮށްލެވިދާނެއެވެ.

🐟 އާދައިގެ ކަނޑުމަސް ސަލަޑް

މިއީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ، މީރު އަދި ބަނޑުފުރޭނެ ފަދަ ސެލަޑެކެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 5 މިނެޓު

🍲 ލިބޭ މިންވަރު: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 5 އައުންސުގެ 1 ދަޅު ކަނޑުމަސް (ފެންމަސް)

🍳 1 ސެލެރީ ފަތް (ކުދިކޮށް ކޮށާފައި)

🍳 3 ސައިސަމުސާ މެޔޮނައިޒް

🍳 1 ސައިސަމުސާ ރަތް ފިޔާ (ކުދިކޮށް ކޮށާފައި)

🍳 1 ސައިސަމުސާ ލުނބޯ ހުތް

🍳 ލޮނުކޮޅެއް އަދި އަސޭމިރުސްކޮޅެއް

ތައްޔާރުކުރާނެ ގޮތް:
މަސްދަޅުގެ ފެން ރަނގަޅަށް ހުސްކުރުމަށްފަހު، ހުރިހާ ބާވަތްތަކެއް އެއްކޮށްލާށެވެ. މި ސަލަޑް ސޭންޑްވިޗް ހެދުމަށް، ކްރެކަރާއެކު ނުވަތަ ފަތްޕިލާވެލީގެ ސަލަޑެއްގެ މަތީގައި ބަހައްޓައިގެންވެސް ބޭނުންކުރެވިދާނެއެވެ.

🍯 ކާނާގެ މާއްދާތައް (އެއް ފަހަރު ކެއުމަށް):

256 ކެލޮރީ،

21 ގްރާމް ޕްރޮޓީން،

18 ގްރާމް ފެޓް.

🐟 ޚާއްޞަ ކަނޑުމަސް ސަލަޑް

މިއީ އިތުރު ބާވަތްތައް ހިމަނައިގެން ތައްޔާރުކުރާ ވަރަށް މީރު ސަލަޑެކެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 15 މިނެޓު

🍲 ލިބޭ މިންވަރު: 8 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 2 ކުކުޅު ބިސް

🍳 2 ދަޅު ކަނޑުމަސް (ފެންމަސް)

🍳 1 ދަޅު ކްރެބް މީޓް (ކޮށާފައި)

🍳 1/2 ޖޯޑު މެޔޮނައިޒް

🍳 1 ސައިސަމުސާ ސަވަރ ކްރީމް

🍳 1 ސައިސަމުސާ ރީނދޫ މަސްޓަޑް

🍳 ކުޑަ ޑިލް ވީޑް އަދި ލުނބޯ އަސޭމިރުސް

🍳 2 ސައިސަމުސާ ޑިލް ޕިކަލް ރެލިޝް އަދި ސްވީޓް ޕިކަލް ރެލިޝް

🍳 3/4 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)

♨️ ތައްޔާރުކުރާނެ ގޮތް:
ބިސް ކައްކައި، ހިހޫ ފެނުން ފިނިކުރުމަށްފަހު ތޮށި ނޮޅައި ކުދިކޮށް ކޮށާށެވެ. ބޯތަށްޓެއްގައި ކަނޑުމަސް، ކްރެބް މީޓް، މެޔޮނައިޒް، ސަވަރ ކްރީމް އަދި މަސްޓަޑް އެއްކޮށްލާށެވެ. އެއަށްފަހު ކޮށާފައިވާ ބިސްތަކާއި ދެން ހުރި ހުރިހާ ބާވަތްތަކެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

🐟 އެންމެ މީރު ކަނޑުމަސް ސަލަޑް

މިއީ ކާން ވަރަށް މީރު، ކުޑަކޮށް ހަފާލެވޭ ގޮތަށް ހުންނަ ސެލަޑެކެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 17 މިނެޓު

🍲 ލިބޭ މިންވަރު: 6-8 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 2 ޕެކެޓް ޗަންކް ވައިޓް ޓޫނާ (ފެން ހުސްކޮށްފައި)

🍳 1/2 ޖޯޑު ސެލެރީ (ކޮށާފައި)

🍳 1 ދަޅު ވޯޓަރ ޗެސްޓްނަޓް (ކޮށާފައި)

🍳 1/4 ޖޯޑު ގްރީން އަނިއަން (ލޮނުމެދު ފަތް)

🍳 1/2 ޖޯޑު މެޔޮނައިޒް

🍳 1 ސައިސަމުސާ ލުނބޯ ހުތް

🍳 ކުޑަ ޑިލް އަދި ލޮނު

♨️ ތައްޔާރުކުރާނެ ގޮތް:
މެދު ސައިޒުގެ ބޯތަށްޓެއްގައި ކަނޑުމަސް، ސެލެރީ، ލޮނުމެދު ފަތް އަދި ވޯޓަރ ޗެސްޓްނަޓް އެއްކޮށްލާށެވެ. ވަކި ބޯތަށްޓެއްގައި މެޔޮނައިޒް، ލުނބޯ ހުތް، ޑިލް އަދި ލޮނު އެއްކުރުމަށްފަހު، މަސްގަނޑުގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ކެއުމުގެ ކުރިން ދެ ގަޑިއިރު ވަންދެން ފްރިޖްގައި ފިނިކޮށްލުން ބުއްދިވެރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top