ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކްލެސިކް ޑެވިލްޑް އެގްސް – މުނިއަވަސް ރަހަފަތް

މިއީ ކެއުމުގެ ކުރިން ސުފުރާ މަތި ފަޅުފިލުވައިދޭނެ، މީރު އަދި ތައްޔާރުކޮށްލަން ފަސޭހަ “ކްލެސިކް ޑެވިލްޑް އެގްސް” ތައްޔާރުކުރާނެ ގޮތުގެ ރަހަފަތެކެވެ. މި ބާވަތް އެންމެ މީރުވާނީ ތާޒާކަންމަތީގައި ފިނިކޮށް ހުއްޓައި ކާލުމުންނެވެ. އެހެންކަމުން ސުފުރާ މައްޗަށް ނެރުމާ ހަމައަށް ފިނި ތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭށެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 1 ގަޑިއިރު
🍲 ލިބޭ މިންވަރު:  12 އެތި

ބޭނުންވާ ތަކެތި:

🍳 6 ކުކުޅު ބިސް

🍳 1 ޖޯޑު މެޔޮނައިސް

🍳 1/4 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ސެލެރީ

🍳 1/4 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ރަތް ފިޔާ

🍳 1 ސައިސަމުސާ ޑިޖޯން މަސްޓަޑް (Dijon mustard)

🍳 1 ސައިސަމުސާ ލޮނުމެދު ޕައުޑަރު

🍳 1/2 ސައިސަމުސާ ހުދު ވިނެގަރ

🍳 ކުޑަ ޕެޕްރިކާ ކޮޅެއް (ރަހަޔަށް ބަލާފައި)

♨️ ތައްޔާރުކުރާނެ ގޮތް:

1- އެންމެ ފުރަތަމަ ބިސްތައް ތެއްޔަކަށް އެޅުމަށްފަހު، ބިސްތައް ފޮރުވޭވަރަށް ފެން އަޅައިގެން 10 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު ފެންތައް އޮއްސާލައި، ފިނިކުރުމަށްޓަކައި 15 މިނެޓު ވަންދެން ފްރިޖުގައި ބަހައްޓާށެވެ.

2- ބޯތަށްޓެއްގައި މެޔޮނައިސް، ސެލެރީ، ފިޔާ، މަސްޓަޑް، ލޮނުމެދު ޕައުޑަރު އަދި ވިނެގަރ އެއްކޮށްލާށެވެ. ބިސްތަކުގެ ތޮށި ނޮޅުމަށްފަހު ދިގަށް ދެފަޅި ކޮށްލާށެވެ. ބިހުގެ ރީނދޫބައި ނަގައި ކުރިން ތައްޔާރުކުރި މެޔޮނައިސް ސޯސްގަނޑުގެ ތެރެއަށް އަޅާށެވެ. ބިހުގެ ރީނދޫބައިތައް ރަނގަޅަށް ޗިސްކޮށްލުމަށްފަހު، އޮމާން އަދި އޮލަވަންދެން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

3- މި ތައްޔާރުކުރި ސޯސްގަނޑު ޕްލާސްޓިކް ކޮތަޅަކަށް އެޅުމަށްފަހު، ކޮތަޅުގެ ކަނެއް ކަނޑާލައިގެން، ބިހުގެ ހުދުބައިގެ މެދަށް (ކުރިން ރީނދޫބައި ހުރި ތަނަށް) އަޅާށެވެ. އެއަށްފަހު މައްޗަށް ޕެޕްރިކާ ކޮޅެއް ބުރުއްސާލާށެވެ. ކެއުމުގެ ކުރިން 20 މިނެޓު ވަންދެން ފްރިޖުގައި ބަހައްޓައި ފިނިކޮށްލާށެވެ.

🥚ކާނާގައި ހިމެނޭ މާއްދާތައް (އެކަކަށް):

  • ކެލޮރީ: 171.5
  • ކާބޯހައިޑްރޭޓް: 1.6 ގްރާމް
  • ކޮލެސްޓްރޯލް: 100 މިލިގްރާމް
  • ފެޓް: 17.1 ގްރާމް
  • ފައިބަރ: 0.1 ގްރާމް
  • ޕްރޮޓީން: 3.4 ގްރާމް
  • ސެޗުރޭޓެޑް ފެޓް: 3 ގްރާމް
  • ސޯޑިއަމް: 172.6 މިލިގްރާމް
  • ހަކުރު: 0.6 ގްރާމް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top