ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުން ނޭޕާލް މޮޅުވެއްޖެ
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

މިއަދު ހަވީރު ދިވެހިރާއްޖޭގައި ފެށި ސާފު ވިހި އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް މޮޅުވެއްޖެއެވެ. މިއަދު ހަވީރު ބުޓާނާއި ބައްދަލުކޮށް ނޭޕާލް މެޗް ކާމިޔާބުކުރީ 2-1 އިންނެވެ.

ގިނަ ޕާސްތަކާއިއެކު އަވަސް ކުޅުމަކުން މެޗް ފެށި، ނޭޕާލްގެ އެޓޭކްތައް ހުއްޓުވުމުގައި ބޫޓާނަށް މާ ބޮޑު ކާމިޔާބެއް ނުލިބި އުޅެނިކޮށް ނޭޕާލުން ވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. 7 ވަނަ މިނެޓްގައި ބޫޓާންގެ އޭރިޔާ ތެރެއިން ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލައި ނޭޕާލަށް ލީޑު ނަގައިދިނީ ޖޯޒީ ނަންބަރު 9 ސުޖަން ޑަންގޯލް އެވެ.

ކައުންޓާރ އެޓޭކްގައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ބޫޓާނަށް އިތުރު އުނދަގުލެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓްގައި އެ ޓީމްގެ ކުޅުންތެރިއަކަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާރޑެއް ދެއްކުމުންނެވެ. 7 ވަނަ މިނެޓްގައި ޖެހި ލަނޑުގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ނޭޕާލަށް ލިބުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ނޭޕާލްގެ އަވަސް ކުޅުމެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ.

މެޗްގެ ދެވަނަ ލަނޑު ނޭޕާލުން ޖެހީ ދެވަނަ ހާފުގެ 6 ވަނަ މިނެޓްގައެވެ. ބޫޓާން ހާފުގެ މެދުތެރެއިން ނޭޕާލްގެ ޖޯޒީ ނަންބަރު 10 ސުބާސް ބާމްއަށް ލިބުނު ބޯޅަ، އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު، ފޮނުވާލުމުން ގޮސް ވަނީ ގޯލްގެ މަތީ ކަނަށެވެ. އޭރިޔާ ބޭރުން މަތިމަތިން ފޮނުވާލި މި ބޯޅަ ސަލާމަތްކުރަން ބޫޓާންގެ ކީޕަރު މަސައްކަތްކުރި ނަމަވެސް އަތުގައި ޖެހޭގޮތެއް ނުވިއެވެ.

ގާތްގާތުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތައް ލިބި، ނޭޕާލަށް އިތުރު ލަނޑެއް ނުޖެހި އުޅެނިކޮށް ބޫޓާނުން ވަނީ އެ ޓީމުގެ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 83 ވަނަ މިނިޓްގައި ދެންޑަޕް ގެޔެސްޓެންއެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބި ބޭނުން ނުކުރެވުނު މި މެޗް ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ދިވެހިރާއްޖެ އާއި ސްރީލަންކާއެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗްގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ސްރީލަންކާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top