ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޫތު ބަންގްލާގެ ދެވަނަ ލަވަ “ތޫ ހީ ދިސްދާ” ރިލީޒްކޮށްފި

އަކްޝޭ ކުމާރާއި ވާމީކާ ގައްބީ ފެނިގެންދާ ފިލްމް “ބޫތު ބަންގްލާ”ގެ ދެވަނަ ލަވަ “ތޫ ހީ ދިސްދާ” ރިލީޒްކޮށްފިއެވެ.

ހަތަރު މިނެޓް 37 ސިކުންތުގެ މި ލަވައިގައި ފެނިގެންދަނީ އަކްޝޭ ކުމާރާއި ވާމީކާ ގައްބީގެ ރޮމޭންޓިކް ކެމިސްޓްރީއެވެ. މި ލަވަ ކިޔާފައިވަނީ އަރީޖީތު ސިންގް އާއި ނިކީތާ ގާންދީއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ޕްރީތަމް، އަދި ޅެން ލިޔެފައިވަނީ ކުމާރެވެ.

މީގެ ކުރިން ފިލްމުގެ ފުރަތަމަ ލަވައެއްގެ ގޮތުގައި “ރާމް ޖީ އާކެ ބަލާ ކަރެންގެ” ވެސް ވަނީ ރިލީޒްކޮށްފައެވެ. އެ ލަވަ ކިޔާފައިވަނީ އަރްމާން މަލިކް އާއި އާރްވަންއެވެ.

ޑައިރެކްޓަރު ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ އަކްޝޭ ކުމާރާއި އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރެވެ. ފިލްމުގައި ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ތާބޫ، އަސްރާނީ، އަދި މިތިލާ ޕަލްކަރް ވެސް ފެނިގެންދާނެއެވެ.

ރަންވީރް ސިންގްގެ ދޫރަންދަރް ދަ ރިވެންޖް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާތީ، ބޫތު ބަންގްލާގެ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ފޭނުން ފާޅުކުރަމުންދެއެވެ. މިކަމާ ގުޅޭ ގޮތުން އަކްޝޭ ކުމާރު އައިއޭއެންއެސްއަށް ބުނީ “ތިން ހަފުތާއަކީ އާންމުކޮށް އެކަށީގެންވާ މުއްދަތެއް، އަދި މިތާ މި ވާހަކަ ދައްކަނީ 21 ދުވަހުގެ. މިއީ އިންޑަސްޓްރީއަށް ރަނގަޅު ކަމެއް” ކަމަށެވެ. އަކްޝޭ އިތުރަށް ބުނީ ދޫރަންދަރް 2 އަކީ ބޮޑެތި މީހުންނަށް ޚާއްޞަ އެކްޝަން ފިލްމެއް ކަމަށާއި، ބޫތު ބަންގްލާ އަކީ ކުޑަކުދިންނާއި ޢާއިލާތަކަށް ވެސް ބެލޭނެ ފެންޓަސީ ހޮރޯ ކޮމެޑީއެއް ކަމަށެވެ.

ބޫތް ބަންގްލާ ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 10 އެޕްރީލް 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top